އުރުދުޣާން ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ބައިވެރިވެވަޑައިގެންފި

ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވެރިކަމުގެ އައު ދައުރަކަށް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިސަލް ނަސީމް / ފޮޓޯ: ރައީސް އޮފީސް

ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވެރިކަމުގެ އައު ދައުރަކަށް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިސަލް ނަސީމް ބައިވެރިވެވަޑައިގެންފިއެވެ.

އެ މަނިކުފާނު އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙްގެ ޚާއްސަ މަންދޫބެއްގެ ހައިސިއްޔަތުންނެވެ.

މިރަސްމިއްޔާތު އޮތީ، ތުރުކީވިލާތުގެ ވެރިރަށް އަންކާރާގައި ހުންނަ ރިޔާސީގަނޑުވަރު އެކުވެނީގައެވެ.

ތުރުކީވިލާތުގައި 28 މެއި 2023 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި، ރައީސް ރަޖަބް ޠައްޔިބް އުރްދުޣާން ވަނީ އެމަނިކުފާނުގެ ވެރިކަމުގެ ތިންވަނަ ދައުރެއް ކަށަވަރުކުރައްވާފައެވެ.

ވެރިކަމުގެ އައު ދައުރަކަށް އުރުދުޣާން ހުވާކުރެއްވުމުގެ މިރަސްމިއްޔާތުގައި، ދުނިޔޭގެ ގައުމުތަކުގެ ލީޑަރުންނާއި ސަރުކާރުތަކުގެ އިސްވެރިން ބައިވެރި ވެވަޑައިގެންނެވިއެވެ.

އަދި މިރަސްމިއްޔާތަށް ވަޑައިގެންނެވި ގައުމުތަކުގެ އިސްވެރިންނާއި ވަފުދުތަކުގެ ޝަރަފްގައި ތުރުކީވިލާތުގެ ރައީސް ދެއްވާ ރޭގަނޑުގެ ފަރިއްކޮޅެއްގައި ނައިބު ރައީސް ބައިވެރިވެވަޑައިގެންނެވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މި އިންތިޚާބު އުރުދުޣާން ކާމިޔާބު ކުރެއްވީ 52.2 އިންސައްތަ ވޯޓާ އެކުއެވެ. ވާދަވެރި ކެމަލް ކިލިކްޑަރޮގްލޫ އަށް ލިބިވަޑައިގެންނެވީ 47.8 އިންސައްތަ އެވެ.

comment ކޮމެންޓް