އިންތިޚާބުތަކާ ގުޅޭގޮތުން ދޮގުވާހަކަ ފެތުރިޔަސް އެފަދަ ކޮންޓެންޓް ނުފުހެން ޔޫޓިއުބުން ނިންމައިފި

ޖޫން 3 (ރޮއިޓަރސް) - ކުރީގެ އިންތިހާބުތަކާ ގުޅޭ ގޮތުން ދޮގު ވާހަކަތައް ދެއްކިޔަސް އެފަދަ ކޮންޓެންޓްތައް ޔޫޓިއުބުން ނުފުހެން ޔޫޓިއުބުން ނިންމައިފިއެވެ.

އަލްފަބެޓް އިންކްގެ ޔޫޓިއުބުން ހުކުރު ދުވަހު ބުނީ 2020 ވަނަ އަހަރުގެ އެމެރިކާގެ ރިޔާސީ އިންތިހާބާ އިދިކޮޅަށް އަދި އޭގެ ކުރިން ވެސް ދޮގު ވާހަކަތައް ފެތުރިދާނެ ކަމަށް ބެލެވޭ ކޮންޓެންޓް ތައް މީގެ ކުރިން އެ ޕްލެޓްފޯމުން ނައްތާލަމުން އައި ކަމަށާއި، ނަމަވެސް އެކަން އެގޮތަށް ނުކުރުމަށް މިހާރު ޔޫޓިއުބުން ނިންމާފައިވާ ކަމަށެވެ.

ޔޫޓިއުބުގެ ގަވާއިދަށް އަލަށް ގެނައި މި ބަދަލަކީ މިހާރުން މިހާރަށް ވަގުތުން އަމަލުކުރަން ފަށާ "ޔޫޓިއުބްގައި އިންތިހާބާ ބެހޭ މައުލޫމާތު ދިނުމުގެ ސިޔާސަތު"ގެ ދަށުން ގެނެސްފައިވާ ބަދަލެއް ކަމަށް އެކުންފުނިން ބުނެއެވެ.

"މިހާރުގެ މާހައުލުގައި އަޅުގަނޑުމެންނަށް ފެންނަނީ މި ކޮންޓެންޓް ނައްތާލުމުން ބައެއް ދޮގު މައުލޫމާތުތައް ހުއްޓުވޭ އިރު، ސިޔާސީ ވާހަކަތައް ހަނިކުރުމުގެ ނޭދެވޭ އަސަރެއް ވެސް ކުރާނެ ކަން،" ޔޫޓިއުބްގެ ބްލޮގް ޕޯސްޓެއްގައި ބުނެފައިވެއެވެ.

އެ ޕްލެޓްފޯމުން ބުނީ ނަފްރަތު އުފެއްދުމާއި ފުރައްސާރަ ކުރުމާއި ހަމަނުޖެހުން ހިންގުމަށް ހިތްވަރު ދިނުމާ ދެކޮޅަށް އެ ޕްލެޓްފޯމުން ގެންގުޅޭ ބާކީ ހުރި ސިޔާސަތުތައް އިންތިހާބާ އެކު ބޭނުންކުރާ ހުރިހާ ކޮންޓެންޓަކަށް ވެސް އަމަލު ކުރަމުން ގެންދާނެ ކަމަށެވެ.

ދޮގު މައުލޫމާތު ފެތުރުމުގެ ސަބަބުން އިންތިހާބާ ބެހޭ ގޮތުން އޮޅުވާލާ ކޮންޓެންޓާ ދެކޮޅަށް ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން އެ މީހުންގެ ސިޔާސަތުތައް ތަންފީޒު ކުރާ ގޮތާ މެދު ވަނީ ސުވާލު އުފެދިފައެވެ.

އިންތިޚާބާ ބެހޭ ވާހަކަތައް ހިއްސާކުރާ ސޯޝަލް މީޑިއާގެ އެހެން ޕްލެޓްފޯމްތައް ކަމަށްވާ ޓްވިޓާ އާއި މެޓާ ޕްލެޓްފޯމްސް އިންކް (މެޓާ) ހިމެނޭއިރު، އިންތިހާބާ ގުޅޭ ދޮގު މައުލޫމާތުތައް ފޭސްބުކްގައި ވެސް ވަނީ އިތުރުވެފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު