ދިރާގު ޕޯސްޓްޕެއިޑް ޕްލޭންތަކާ އެކު ''ލިމިޓްލެސް''ކޮށް މިހާރު ގުޅައިލެވޭނެ!

ދިރާގުގެ ޕޯސްޓްޕެއިޑް ޕެކޭޖުތަކަށް ބަދަލުތަކެއް --- ފޮޓޯ/ ދިރާގު

ދިރާގު ޕޯސްޓްޕެއިޑް ޕްލޭންތަކާ އެކު އެއްވެސް ލިމިޓެއް ނެތް ގޮތަށް މިހާރު ގުޅާލެވޭނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ދިރާގު ޕޯސްޓްޕެއިޑް ޕްލޭންތަކަށް ގެނައި މި ބަދަލާ އެކު ކަސްޓަމަރުންނަށް މިހާރު ލިމިޓެއް ނެތް ގޮތަށް ފޯނު ކޯލާއި ސޯޝަލް މީޑިއާ ޑޭޓާ އަދި އެސްއެމްއެސް ލިބޭނެއެވެ. އަދި, ދިރާގު ކަސްޓަމަރުންނަށް އިތުރު އަގަކައިނުލާ ގިނަ ޑޭޓާ ލިބި، އެ މީހުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަކުރުމަށް މަގުފަހިވާނެ ކަމަށް ދިރާގުން ބުންޏެވެ.

އަޕްގްރޭޑްކޮށްފައިވާ ދިރާގު ޕޯސްޓްޕެއިޑް ޕްލޭންތަކުގެ ތެރޭގައި ހިމެނެނީ:

• ޕޯސްޓްޕެއިޑް 1000

މީގެން 40 ޖީބީ ކޯ ޑޭޓާ އަދި "ލިމިޓްލެސް" ސޯޝަލް މީޑިއާ ޑޭޓާ، ހިލޭ އެސްއެމްއެސްގެ އިތުރުން ދިރާގުގެ ހުރިހާ ނަންބަރުތަކަށާއި އެހެނިހެން ލޯކަލް ނެޓްވޯކަށް ވެސް ހިލޭ ގުޅާލެވޭނެއެވެ.

• ޕޯސްޓްޕެއިޑް 1700

މީގެން 100 ޖީބީ ކޯ ޑޭޓާ އަދި "ލިމިޓްލެސް" ސޯޝަލް މީޑިއާ ޑޭޓާ، ހިލޭ އެސްއެމްއެސް އަދި ދިރާގުގެ ހުރިހާ ނަންބަރުތަކަށާއި އެހެނިހެން ލޯކަލް ނެޓްވޯކަށް ވެސް ހިލޭ ގުޅާލެވޭނެއެވެ.

ދިރާގުން ބުނީ އަޕްގްރޭޑް ކުރަން ބޭނުންވާ ދިރާގު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ދިރާގު އެޕް މެދުވެރިކޮށް ފަސޭހަކަމާ އެކު އަޕްގްރޭޑް ކުރެވޭނެ ކަމަށެވެ. އަދި، މި ޕްލޭންތަކާ ބެހޭ އިތުރު މައުލޫމާތު ދިރާގުގެ ލިންކުން ލިބޭނެއެވެ.

ދިރާގުން ބުނީ، އެ ކުންފުނިން މަސައްކަތް ކުރަމުންދަނީ އަދިވެސް އިތުރު ތަފާތު ގިނަ އާ އޮފާތައް ހެޔޮ އަގުގައި ކަސްޓަމަރުންނަށް ފޯރުކޮށްދީ އިތުރު މަންފާ ލިބޭނެ ގޮތް މަގުފަހިކުރަން ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް