25 މީހުން ކުރިމަތިލާފައި ވަނިކޮށް، ފެމިލީ ކޯޓަށް ފަނޑިޔާރުން ހޯދަން ކުރި އިއުލާނު ބާތިލު

ސިވިލް ކޯޓު--

ފެމިލީ ކޯޓަށް ފަނޑިޔާރަކު ހޯދަން ކުރި އިއުލާނާ ގުޅިގެން އެ މަގާމަށް 25 މީހުން ކުރިމަތިލާފައި ވަނިކޮށް މިއަދު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން އެ އިއުލާން ބާތިލުކޮށްފިއެވެ.

ޖޭއެސްސީން ފެމިލީ ކޯޓަށް ފަނޑިޔާރުން ހޯދަން އިއުލާންކޮށްފައި ވަނީ މި މަހުގެ ނުވަވަނަ ދުވަހުއެވެ. އެ ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލީ މީހުންގެ ނަން ހާމަކޮށްފައި ވަނީ މިދިޔަ ހޯމަ ދުވަހުއެވެ.

މި ފަހަރު ފަނޑިޔާރުކަމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލީ މީހުންގެ ތެރޭގައި ގިނައީ އަންހެނުންނެވެ. އެ މަގާމަށް އެދި 14 އަންހެން ބޭފުޅުން ވަނީ ކުރިމަތިލައްވާފައެވެ.

ޖޭއެސްސީއަށް ގުޅަން ކުރި މަސައްކަތް ކާމިޔާބުވެފައިނުވާތީ އެ އިއުލާނު ބާތިލުކުރި ސަބަބެއް މިހާތަނަށް ސާފުވެފައެއް ނުވެއެވެ.

ފެމެލީ ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލެއްވި ބޭފުޅުން:

  1. އާމިނަތު ޒިދުނާ, މ. ހިތަށްފިނިވާގެ, މާލެ
  2. ސިޔާމާ މުޙައްމަދު, ދަފްތަރު ނަންބަރު ރސ 13194 މާލެ
  3. ފާޠިމަތު ސާޖިދާ, މާލެގަން. މާވިނަ, ޏ. ފުވައްމުލައް
  4. ފާޠިމަތު ނަބާހާ, ޝާދީވިލާ, ގދ. ފޮޔޯރީ
  5. ޢާއިޝަތު ނިހާ, މޫންޕްލާޒާ, ހދ. ވައިކަރަދޫ
  6. އާމިނަތު އީމާން ޢަބްދުލްޣަފޫރު, މއ. ރޯޒް 1, މާލެ
  7. މަރްޔަމް އަފްޝާ, ރޯޒީ, ކ. ތުލުސްދޫ
  8. ފާޠިމަތު ނިޒްނާ, ކަށިކެޔޮމާގެ, ގދ. ގައްދޫ
  9. ޢާއިޝަތު މާޝިޠާ, ވަލުތެރޭގެ, ތ. ވިލިފުށި
  10. މަރްޔަމް ރައުޙާ, ސްކައިވިލާ, ށ. މާއުނގޫދޫ
  11. އުސާމާ މޫސާ, ޗަމަން, ށ. ކޮމަންޑޫ
  12. ފާޠިމަތު ނަޞޫޙާ, ނޫރާނީވިލާ, ރ. އަލިފުށި
  13. ރަޒާނާ އިބްރާހިމް, ޒިންދަގީ, ގދ. ތިނަދޫ
  14. ޢާއިޝަތު ސުމައިނާ, ލިލަކު, މ. ކުނަހަންދޫ
  15. މުޙައްމަދު އިޙްސާން, ނޫރީވާދީ, ކ. ތުލުސްދޫ
  16. ޢަލީ ނަޞީރު, ގާޑެނިޔާވިލާ, ބ. ކިހާދޫ
  17. އަޙްމަދު ރިފްޝާން, ކަޝްމީރުގެ, ސ. ފޭދޫ
  18. ނަފީލް މުޙައްމަދު, ލަކީހޯމް, ގއ. ދާންދޫ
  19. ޢަބްދުލްމުޙުސިން ޢަބްދުލްޙަކީމް, އާކުރި, ގއ. ނިލަންދޫ
  20. މުޙައްމަދު މުނައްވަރު ޢަލީ, ވެސްޓްބީޗް, އއ. މަތިވެރި
  21. ޢަބްދުއްސަލާމް, މިސްކިތްދޮށުގެ, ގއ. ގެމަނަފުށި
  22. އަޙްމަދު ޙަސަންމަނިކު, ސަންސައިން, ނ. ޅޮހީ
  23. މުޙައްމަދު މޫސާ, ސިނަމާގެ, ޅ. ނައިފަރު
  24. އަޙްމަދު ޝިފާއު, ލަކީސްޓާ, ހއ. މާރަންދޫ
  25. ޢަލީ ޝަރީފު ޢަބްދުއްޞަމަދު, ސަމާޕެލަސް, ތ, ކަނޑޫދޫ

ފެމިލީ ކޯޓުގެ ފަނޑިޔާރުންނަށް އަސާސީ މުސާރައިގެ ގޮތުގައި މަހަކު 30،000 ރުފިޔާ ލިބެއެވެ. އަދި، ލިވިން އެލަވަންސްގެ ގޮތުގައި މަހަކު 15،000 ރުފިޔާ ލިބޭއިރު، މެޑިކަލް އިންޝުއަރެންސް އާއި ފޯން އެލަވަންސް ރައްޔިތުންގެ މަޖިލީހުން ނިންމާ ގޮތެއްގެ މަތިން ދެއެވެ.

comment ކޮމެންޓް