ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ

ހުޅުލެއާއި ހުޅުމާލެ ގުޅައިލަދޭ ހައިވޭގައި ސައިކަލަކާއި ޕިކަޕެއް ޖެހި އެކްސިޑެންޓެއް ހިނގައި މީހަކު މަރުވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މާލޭން ހުޅުމާލެއަށް ދާ ހައިވޭގައި ސައިކަލެއް ޕިކަޕެއްގައި ޖެހި އެކްސިޑެންޓެއް ހިނގައިފައިވާކަމަށް މިރޭ 12:04 ހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އެކްސިޑެންޓުވި ސައިކަލު ދުއްވަން އިން 43 އަހަަރުގެ ދިވެހި ފިިރިހެން މީހާ ޓްރީޓޮޕް ހޮސްޕިޓަލަށް ފަރުވާދޭން ގެންދިޔައިރު ވެސް ނިޔާވެފައިވާކަމަށް ފުލުހުންނަށް މައުލޫމާތުދީފައިވާކަމަށް ވިދާޅުވިއެވެ.

މި ކަމުގެ އިތުރު ތަފްސީލް ހާމަކޮށްފައިނުވާއިރު މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ޙުސައިން ވެސް މިދިޔަ އަންގާރަ ދުވަހު ޕިކަޕެއްގައި ޖެހި ވަނީ އެކްސިޑެންޓުވެފައެވެ. އޭނާގެ ހާލު މިހާރު ރަނގަޅުކަމަށް އާއިލާއިން ބުނާއިރު އަދިވެސް ދަނީ އޭޑީކޭގައި ފަރުވާ ހޯއްދަވަމުންނެވެ.

comment ކޮމެންޓް