ދަމާސް ހޯމުގައި ކުރިއަށްދާ އެނިވާސަރީ ސޭލް ނިމެނީ

ދަމާސް ހޯމް--- ފޮޓޯ/ ސަން

މަޝްހޫރު ފަރުނީޗަރު ފިހާރަ، ދަމާސް ހޯމުން ކުރިއަށްގެންދާ އެނިވާސަރީ ސޭލް މާދަމާ ނިމޭނެއެވެ.

ދަމާސްއިން މިދިޔަ ހޮނިހިރު ދުވަހު ފެށި މި ސޭލް އަކީ ދަމާސް ހޯމްގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ކުރިއަށްގެންދާ ޚާއްސަ ސޭލްއެކެވެ.

މި ސޭލް ކުރިއަށްގެންދަނީ ދަމާސް ހޯމުން ވިއްކާ ހުރިހާ ފަރުނީޗަރަކުން ޑިސްކައުންޓް ލިބޭގޮތަށްކަމަށް ދަމާސްއިން ބުނެއެވެ. މިގޮތުން ދަމާސް ހޯމުން ވިއްކާ ބައެއް ފަރުނީޗަރުތަކަށް ޚާއްސަ ޑިސްކައުންޓް ރޭޓެއް ވަނީ ކަނޑައަޅާފައެވެ.

ދަމާސް ހޯމް އެނިވާސަރީ ޕްރޮމޯޝަނުގެ އެންމެ ފަހު ދުވަހާ ހަމައަށް އައިއިރު، ކަސްޓަމަރުންގެ ފަރާތުން ބޮޑު ތަރުހީބެއް މިހާތަނަށް ލިބިފައިވާކަމަށް ދަމާސްއިން ބުނެއެވެ.

ދަމާސް އަކީ އެންމެ ފުޅާދާއިރާގައި ރާއްޖޭގައި ފަރުނީޗަރުގެ ވިޔަފާރިކުރަމުން އަންނަ އެއް ކުންފުންޏެވެ. މީގެ އިތުރުން ދަމާސްއިން އަންނަނީ ހާޑުވެއާ ވިޔަފާރިއާއި ރިސޯޓްތަކަށް ބޭނުންވާ ފަރުނީޗަރާއި އެނޫންވެސް ތަކެތި ސަޕްލައިކުރަމުންނެވެ.

ދަމާސްގެ އައުޓްލެޓްތަކުގެ ތެރޭގައި، ދަމާސް ހޯމް (ވައިލެޓް މަގު)، ދަމާސް ހާޑްވެއާ (ފާމުދޭރި މަގު)، ދަމާސް ޕެއިންޓް (ފާމުދޭރީ މަގު)، ދަމާސް އޮފީސް ފަރުނީޗާ (މަޖީދީ މަގު)، ދަމާސް ރިސޯޓްވެއާ (ކޮލި އުމަރު ގޯޅި)، އިންޑެކްސް ފަރުނީޗާ (ހަނދުވަރީ ހިނގުން އަދި އިރަމާ މަގު ގުޅޭ ކަންމަތި) ހިމެނެއެވެ.

ވައިލެޓް މަގުގައި ހުންނަ ދަމާސް އޮފީސްގެ ފުރަތަމަ ފަންގިފިލާ ޚާއްސަކޮށްފައި ވަނީ ދަމާސް ކިޗެންއަށެވެ. އެގޮތުން ދަމާސް ކިޗެންއިން އެ މީހަކު ބޭނުން ޑިޒައިނަކަށް، ބަދިގެއަށް ބޭނުންވާ ފަރުނީޗަރު ހަދައިދޭނެއެވެ.

ދަމާސްއިން ވިޔަފާރި ކުރާ މީހުންނަށް މާލެއާއި ހުޅުމާލޭގައި ހިލޭ ޑެލިވަރީ އާއި ރާވައިދިނުމުގެ ޚިދުމަތް ދެއެވެ. އަދި އަތޮޅު ތެރޭގައި ނަމަ އެރަށެއްގެ ބޯޓަކާ ހަމައަށް ހިލޭ ޑެލިވަރީ ކޮށްދޭނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް