މެންބަރު ސައުދު ޕިކަޕެއްގައި ޖެހިގެން ހޮސްޕިޓަލުގައި ފަރުވާދެނީ

ޕިކަޕެއްގައި ޖެހި އެކްސިޑެންޓުވެގެން ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ޙުސައިނަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެނީ--- ފޮޓޯ/ އާއިލާ

ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ޙުސައިން ޕިކަޕެއްގައި ޖެހިގެން އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް އޭނާގެ އާއިލާއިން ބުނެފިއެވެ.

މި އެކްސިޑެންޓާ ގުޅޭ ގޮތުން ސައުދުގެ ބޭބެ ޝަހުރާބު ޢަބްދުﷲ މިއަދު 'ސަން'އަށް ވިދާޅުވީ އެ ހާދިސާ ހިނގީ މިއަދު ހެނދުނު 10:30 ހާއިރު، އޭނާ މަޖިލީހުގެ ޖަލްސާއަށް ވަޑައިގަންނަވިކޮށް، ސައުދު ދުއްވަން އިން ސައިކަލު ގޮސް ހައިވޭގައި އޮތް ޕިކަޕެއްގައި ޖެހިގެން ކަމަށެވެ.

މި ހާދިސާ ހިނގިއިރު ސައުދު ހެލްމެޓް އަޅުއްވައިގެން ހުންނެވުމުން ބޮލަށް އަނިޔާތަކެއް ނުލިބުނު ނަމަވެސް ވާއަތުގެ ކުޑަހުޅާއި، ކޮނޑުހުޅު އަދި ކަކުލުހުޅުގެ މަސްގަނޑު އިރައިގެން ގޮސްފައިވާ ކަމަށް ޝަހުރާބު މައުލޫމާތު ދެއްވިއެވެ.

ޑޮކްޓަރުންނާ ހަވާލާދީ ޝަހުރާބު އިތުރަށް ވިދާޅުވީ އިރައިގެން ގޮސްފައިވާ މަސްގަނޑު ފެހުމަށްފަހު ސައުދު މިއަދު ދޫކޮށްލާނެ ކަމަށެވެ.

comment ކޮމެންޓް