ލަންކާގައި ކޮވިޑު ޖެހޭ މީހުންނާއި މަރުވާ މީހުން އިތުރު ވަނީ

ސްރީލަންކާގެ މަގެއް -- ފޮޓޯ: ޓްރިޕްސަވީ

ސްރީ ލަންކާގައި ކޮވިޑް-19 ގެ ކޭސްތައް އަނެއްކާ ވެސް އިތުރުވާން ފަށައިފިއެވެ.

ލަންކާގެ ނޫސްތަކުގައި ރިޕޯޓުކޮށްފައި ވާގޮތުގައި، މި އަހަރު އެ ގައުމުން ދުވާލެއްގެ މައްޗަށް އެންމެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވެ، މަރުވީ މިދިޔަ ހޮނިހިރު ދުވަހުއެވެ.

އެ ދުވަހު ލަންކާއިން 15 މީހުން ކޮވިޑަށް ޕޮޒިޓިވެފައި ވީއިރު، ތިން މީހަކު މަރުވެފައިވެއެވެ. މިއާއެކު އެ ގައުމުން ކޮވިޑް-19 އާ ގުޅިގެން މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 16،864 އަށް އަރާފައެވެ.

ލަންކާގެ އެޕިޑެމިއޮލޮޖީ ޔުނިޓުން ހާމަކުރާ ކޮވިޑުގެ ކޮންމެ ދުވަހެއް ތަފާސްހިސާބުތައް ދައްކާ ގޮތުން މިވަގުތު އެ ގައުމުގައި 61 އެކްޓިވް ކޭސް އެބަ އުޅެއެވެ.

ލަންކާގެ ކޮވިޑުގެ ހާލަތަށް ރައްދު ދެއްވަމުން އެ ގައުމުގެ އިސް ސިއްހީ އޮފިޝަލަކު "ޑެއިލީ މިރާ"އަށް ވިދާޅުވީ، ކޮވިޑް-19ގެ މި ހާލަތަކީ ބިރުވެރި ހާލަތެއް ނޫން ކަމަށާއި ބިރު ނުގަތުމަށް މީހުން އިލްތިމާސްކުރާ ކަމަށެވެ.

ކޮވިޑު ބަލިމަޑުކަމުގެ އެންމެ ހާލަތު ގޯސް ދުވަސްވަރު ލަންކާގައި ގިނަ އަދަދެއްގެ ބަޔަކު ޕޮޒިޓިވްވެ, ގިނަ އަދަދެއްގެ ބަޔަކު މަރުވިއެވެ.

comment ކޮމެންޓް