ހުޅުމާލޭގައި ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި އެންމެންގެ ބަންދު މުއްދަތު އިތުރުކޮށްފި

ފުލުހުންނާއި އެމްއެންޑީއެފުން މަގުތަކުގައި ޕެޓްރޯލުކުރުން --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ހުޅުމާލޭގައި ގޭޭންގަކުން ފުލުހަކަށް ހަމަލާދިން މައްސަލައިގައި ހައްޔަރުކުރި އެންމެންނަށް ބަންދުގެ މުއްދަތު މިއަދު ޖަހައިފިއެވެ.

އެ މައްސަލައާ ގުޅިގެން ހަތަރު މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

އޭގެ ތެރެއިން އުމުރުން 21 އަހަރުގެ ޒުވާނާއަށް ކްރިމިނަލް ކޯޓުން ޖަހައިފައިވަނީ 15 ދުވަހުގެ ބަންދުގެ މުއްދަތެކެވެ. 33 އަހަރުގެ މީހާއަށް ޖެހީ ފަސް ދުވަހެވެ. އަދި 44 އަހަރާއި 42 އަހަރުގެ ދެ މީހުންގެ ބަންދަށް ޖެހީ ހަތް ދުވަހެވެ.

މި ހާދިސާގައި ފުލުސް މީހާއަށް މާ ބޮޑެތި އަނިޔާތަކެއް ނުލިބުނު ނަމަވެސް ހޮސްޕިޓަލުގައި ފަރުވާދީފައިވެއެވެ.

https://sun.mv/177731

ފުލުސް މީހާއަށް ދިން ހަމަލާއާ ގުޅިގެން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ރޭ ކުރެއްވި ޓްވީޓެއްގައި، އަނިޔާ ލިބެމުން ދިޔަ ފުލުސް މީހާ ސަލާމަތްކުރުމަށް އެ ހާދިސާ ހިނގި ވަގުތު އެ ތަނުގައި ހުރި ގަލޮޅު ޕޮލިސް ސްޓޭޝަނުގެ ފުލުހަކު އަމަލުކުރި ގޮތަށް ތައުރީފްކުރައްވައިފައިވެއެެވެ.

ރާއްޖޭގައި ގޭންގުތަކުގެ ނުރައްކާތެރިކަން ދުވަހެއް ދުވަހަކަށް އަންނަނީ ބޮޑުވަމުންނެވެ. ގޭންގު ހަމަނުޖެހުންތަކުގައި މީގެކުރިން އެތައް ބަޔަކު މަރާލާފައިވާއިރު، މި އަހަރު ވެސް ގޭންގު މާރާމާރީއެއްގައި އަނިޔާ ލިބުނު ޒުވާނަކު ވަނީ މަރުވެފައެވެ.

comment ކޮމެންޓް