ވަގަށް ނަގާ ރަން ފަށް ގަންނަ ކަމަށް ބެލެވޭ އަންހެނަކު ހައްޔަރުކޮށްފި

މީހުންގެ އަތުން ވަގަށް ނަގާ ރަނުގެ ގަހަނާ އާއި ރަން ފަށް ގަންނަ އަންހެނަކާއި ކުޑަކުއްޖެއްގެ ކަރުގައި އޮތް ރަން ފަށެއް ފޭރިގަތް ދެމީހަކު ހައްޔަރު ކުރި އެވެ.

ވަގަށް ނަގާ ރަން ފަށް ގަނެގެން ފުލުހުން ހައްޔަރު ކުރީ ސ. ހިތަދޫ އަޝްރަފު މަންޒިލް ވަހީދާ ސަލީމެވެ.
ފުލުހުން ބުނީ ހަތަރު އަހަރުގެ ކުޑަ ކުއްޖެއްގެ ކަރުގައި އޮތް ރަން ފަށެއް ފޭރިގަތް މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށައި އެމީހުން ހައްޔަރުކޮށްފައި ވަނީ ފުވައްމުލަކުން ކަމަށެވެ.

ފުވައްމުލަކުން ހައްޔަރު ކުރީ ދިގުވާނޑު، ފެއާރީ އަޙްމަދު ނަޞްރު 33، އާއި ދިގުވާނޑު، ބާޝާޑު މުޙައްމަދު ޙަލީމް ރުޝްދީ 42، އެވެ. ހިތަދޫ ވަޙީދާ ސަލީމް 44 ހައްޔަރު ކުރީ ފޭރޭ ރަން ފަށާއި ވަގަށް ނަގާ ރަން ގެނެގެނެވެ.

މިދިއަ އަންގާރަ ދުވަހު މެންދުރު ފަހު ވަގުތެއްގައި ކުޑަކުއްޖެއްގެ ކަރުގައި އޮތް ރަންފަށެއް ފޭރިގަތްކަމުގެ މައްސަލަ ފުވައްމުލަކު ފުލުހުންނަށް ހުށަހެޅުމާއި ގުޅިގެން އަޙްމަދު ނަސްރާއި މުޙައްމަދު ޙަލީމް ރުޝްދީ ހައްޔަރުކޮށް ސުވާލުކުރުމުން، ރަންފަށް ފޭރިގަތް ކަމާއި އަދި އެރަންފަށް 300 ރ. އަށް ވަހީދާއަށް ވިއްކި ކަމަށް ވަނީ އެއްބަސްވެފަ އެވެ.

މިމައްސަލައާއި ވަޙީދާ ސަލީމް ހައްޔަރުކޮށް ސުވާލުކުރުމުން އޭނާ އެ ރަންފަށް ގަތް ކަމަށް އިއުތިރާފުވުމުން އިޢުތިރާފްވުމުން އޭނާ އުލޭ ގެ ފުލުހުން ބަލައި ފާސްކުރިއިރު ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ރަންތަކެއް އެގޭ ބަދިގެ ތެރޭގައި ހުރި އުވަ ޓައްޕެއްގެ ތެރޭގައި ފޮރުވާފައިވަނިކޮށް ފުލުހުން ވަނީ އަތުލައިގެންފަ އެވެ.

އެ ގެއިން ފެނުނު ރަންތަކުގެ ތެރޭގައި ގެއްލިގެން ހުށަހަޅާފައިވާ މައްސަލަތަކުގައި ހިމެނޭ ރަން ފަށާއި ރަނުގެ ގަހަނާ ހިމެނެ އެވެ.

ވަޙީދާ ސަލީމާއި މުޙައްމަދު ޙަލީމް ރުޝްދީ އަކީ މަސްތުވާތަކެތީގެ ރެކޯޑް އޮންނަ ދެމީހުންނެވެ. އަޙްމަދު ނަސްރު މަސްތުވާތަކެތީގެ އިތުރުން ފޭރުމުގެ ރެކޯޑް ވެސް އޮންނަ މީހެކެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު