ދިރާގުގެ ސަބްމެރީން ކޭބަލް މަރާމާތުގެ މަސައްކަތް ފަށައިފި

މުވާސަލާތީ ކުންފުނި ދިރާގުގެ ސަބްމެރީން ކޭބަލަށް ލިބުނު ގެއްލުންތައް މަރާމާތު ކުރުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.

ދިރާގުގެ މާކެޓިން އެންޑް ޕީއާރް އެގްޒެކްޓިވް އިބްރާހިމް އިމްޖާދު ޖަލީލް މިއަދު ވިދާޅުވީ ކޭބަލް މަރާމާތު ކުރުމުގެ މަސައްކަތް ފަށާފައިވަނީ މިއަދު މެންދުރު 2:00 އިރު ކަމަށާއި މަސައްކަތުގައި ދިރާގުގެ އިންޖީނޭރުންނާއި ސްރީ ލަންކާގެ އިންޖިނިއަރުން ބައިވެރިވާ ކަމަށެވެ.

"މިހާރު މަސައްކަތް ހިނގަމުން އެބަދޭ. އަޅުގަނޑުމެން އުއްމީދުކުރަނީ މި މަސް ނިމެންވާއިރަށް [ކޭބަލްގެ] މަސައްކަތް ނިންމާލެވޭނެ ކަމަށް،" އިމްޖާދު ވިދާޅުވި އެވެ. ކޭބަލަށް ލިބިފައިވާ ގެއްލުންތަކުގެ ތަފުސީލެއް އޭނާ ނުދެއްވަ އެވެ.

ނަމަވެސް ދިރާގުން ކުރިން ބުނެފައި ވަނީ ސަބްމެރީން ކޭބަލަށް ގެއްލުން ލިބުނީ ބޯޓެއްގެ ނަގިޔެއް ފަދަ އެއްޗެއް ކޭބަލްގައި އަޅައިގަނެގެން ކަމަށެވެ.

ދިރާގުގެ ސަބްމެރީން ކޭބަލަށް މައްސަލަ ދިމާވެފައިވަނީ ސްރީލަންކާއާ ގާތްގަނޑަކަށް 26 ކިލޯމީޓަރު ބޭރުން ކަނޑުގެ 40 މީޓަރު އަޑިންނެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު