މެއި މަހުގެ ސެމިސްޓާ އަށް އެދި 896 ކުދިން ހުށައަޅާފައިވޭ: ވިލާ ކޮލެޖް

އަންނަ މަހު ވިލާ ކޮލެޖުން ފެށުމަށް ހަމަޖައްސާފައިވާ އެކިއެކި ކޯސްތަކުގައި ބައިވެރިވުމަށް އެދި 896 ކުދިން އެޕްލިކޭޝަން ފޯމް ހުށަހަޅާފައިވާ ކަމަށް ވިލާ ކޮލެޖުން ބުނެފި އެވެ.

ވިލާ ކޮލެޖުގެ ރަޖިސްޓާ އަބުދުއްﷲ ސާދިގު މިއަދު ވިދާޅުވީ މޭ މަހު ފަށަން ހަމަޖެހިފައިވާ ކޯސްތަކަށް އެދި ވަރަށް ގިނަ ފަރާތްތަކުން އެދި ފައިވާ ކަމަށެވެ.

"އެއް ސެމިސްޓާ އަށް ވުރެ އަނެއް ސެމިސްޓާ އަށް އެދޭ ކުދިން ގެ އަދަދު އަންނަނީ އިތުރުވަމުން،" ސާދިގު ވިދާޅުވި އެވެ.

ވިލާ ކޮލެޖުން މައުލޫމާތުދޭ ގޮތުގައި އެންމެ ގިނަ ފަރާތްތަކުން އެދިފައި ވަނީ ވިޔަފާރި ދާއިރާގެ ކޯސްތަކަށެވެ.
މިފަހަރު ވިލާކޮލެޖުން ފަށަން ހަމަޖައްސާފައި ވަނީ ދެ އަހަރުގެޑިޕްލޮމާ ކޯސްތަކާއި އެޑްވާންސްޑް ސެޓްފިކެޓްގެ ކޯސްތަކާއި ޑިގްރީ ފައުންޑޭޝަންގެ ކޯސްތަކާއި ސެޓްފިކެޓް 3ގެ ކޯސްތަކުގެ އިތުރުން، އެއް އަހަރުގެ ޑިޕްލޮމާ ކޯސްތަކާއި ބެޗްލާސް ޑިގްރީ ކޯސްތަކާއި މާސްޓާ ޑިގްރީގ ކޯސްތަކެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު