އޯޕަންއޭއައިއިން އައިއޯއެސްއަށް ޗެޓްޖީޕީޓީ އެޕް ތައާރަފު ކުރަނީ

މެއި 18 (ރޮއިޓާސް): އެޕަލްގެ އައިއޯއެސްއަށް ޗެޓްޖީޕީޓީ އެޕް ތައާރަފުކުރަން ނިންމާފައިވާ ކަމަށް ޗެޓްޖީޕީޓީ ޗެޓްބޮޓްގެ ފަހަތުގައިވާ ކުންފުނި އޯޕަންއޭއައިއިން ބުނެފިއެވެ.

އޯޕަންއޭއައިއިން ބުނީ ޗެޓްޖީޕީޓީ އެޕްލިކޭޝަނަކީ ހިލޭ ބޭނުންކުރެވޭނެ އެޕްލިކޭޝަނެއް ކަމަށާއި، އެ އެޕްގެ ހިސްޓްރީ އެ މީހަކު ބޭނުންކުރާ އެޕަލްގެ ހުރިހާ ޑިވައިސްއެއްގައި 'ސިންކް' ކުރެވޭ ގޮތް ހަދާނެ ކަމަށެވެ.

ޖީޕީޓީ-4 އަކީ މީހުންގެ މެދުގައި މަގުބޫލުވެފައިވާ ޗެޓްޖީޕީޓީގެ ފަހަތުގައި ވާ ޓެކްނޮލޮޖީ ކާމިޔާބުކޮށްދޭ ވަރުގަދަ އާޓިފިޝަލް އިންޓެލިޖެންސް މޮޑެލްއެކެވެ.

މިދިޔަ ފެބްރުއަރީ މަހުގެ ކުރީކޮޅު އޯޕަންއޭއައި އިން ވަނީ އެ ކުންފުނީގެ މަޝްހޫރު އޭއައި ޗެޓްބޮޓްގެ ޕައިލެޓް ސަބްސްކްރިޕްޝަން ޕްލޭނެއް ކަމަށްވާ ޗެޓްޖީޕީޓީ ޕްލަސް، މަހަކު 20 ޑޮލަރަށް ލިބޭ ޚިދުމަތެއް ތައާރަފުކޮށްފައެވެ.

އެ ކުންފުނިން ބުނީ އެމެރިކާގައި ބޭނުންކުރާ އައިއޯއެސް ޑިވައިސްތަކަށް އެ ޚިދުމަތް ދިނުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށާއި ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި އިތުރު ގައުމުތަކަށް ފުޅާކުރާނެ ކަމަށެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު ޗެޓްޖީޕީޓީ ތައާރަފުކުރުމާއެކު އޭއައި ޓެކްނޮލޮޖީގެ ދާއިރާގައި ބޮޑެތި ކުންފުނިތަކުގެ ބާރު ގަދަކުރުމަށް ވާދަވެރިކަން ބޮޑުވެފައިވާއިރު، އަލްފަބެޓް އާއި މެޓާ އާއި މައިކްރޯސޮފްޓް ފަދަ ބޮޑެތި ޓެކް ކުންފުނިތަކުން ވަނީ އެމީހުންގެ އަމިއްލަ ޗެޓްބޮޓްތައް ތަޢާރަފުކޮށްފައެވެ. އަދި އެފަދަ ޗެޓްބޮޓްތަކަށް މިހާރުދަނީ ތަފާތު އަޕްގްރޭޑްތައް ގެންނަމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު