އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު، އާ ސިޔާސީ ޕާޓީއެއް އުފައްދަވަން ނިންމައިފިއެވެ.
މިދިޔަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ފަހުގައި އެ މަނިކުފާނު ގެންދަވަނީ އެމްޑީޕީ ތެރޭގައި "ފިކުރެއްގެ ދިރުން" ނަމުގައި ވަކި ހަރަކާތެއް ހިންގަމުންނެވެ. ސަރުކާރާ މެދު އުފެދުނު ހިތްހަމަނުޖެހުންތަކަށް ފަހުގައި އެ ފެކްޝަންގެ ހުރިހާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މިއަދު ވަނީ އިސްތިއުފާ ދެއްވައިފައެވެ.
ސަރުކާރާ ދެކޮޅަށް އިމުގެ މައްސަލައިގައި އިދިކޮޅު އިއްތިހާދުން ކުރިއަށް ގެންދާ ހަރަކާތްތަކުގައި ބައިވެރިވުމާ އެކު، އެ ފެކްޝަންގެ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވަކިކުރަން އެމްޑީޕީން ވަނީ ނިންމައިފައެވެ. އެހެންވެ، އެ ޕާޓީ ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ.
މިއަދު އެމްޑީޕީން އިސްތިއުފާ ދެއްވާފައިވަނީ:
- މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ
- މުޙައްމަދު ވަހީދު (ވައްޑޭ)
- އިމްތިޔާޒް ފަހުމީ (އިންތި)
- ހަސަން ލަތީފު
- އިލްޔާސް ލަބީބް
- ޔާސިރު އަބްދުއްލަތީފް
- ހަސަން އަފީފް
- އިބްރާހީމް ރަޝީދު (ބޮންޑޭ)
- ހުސެއިން ފިރުޝާން
- ހަސަން ޝިޔާން (ގިޓާ)
- މުޙައްމަދު ރަޝީދު (ބޯދިގު)
- ގައްދޫ އަހްމަދު ޒާހިރު
އެ ނިންމުމާ އެކު އުފެދުނު ހިތްހަމަނުޖެހުންތަކުގައި ނަޝީދުގެ އަރިސް 12 މެންބަރުން ވަނީ މިއަދު އެމްޑީޕީން އިސްތިއުފާ ދެއްވައިފައެވެ.
ނަޝީދަށް ވަފާތެރި ސަޕޯޓަރުންނާ އެކު މިހާރު ބޮޑުފެންވަޅުގޭގައި ކުރިއަށްދާ ބައްދަލުވުމެއްގައި އެ ޕާޓީގެ ކުރީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވަނީ އާ ޕާޓީއެއް އުފައްދަން ނަޝީދު ނިންމެވިކަން އިއުލާނު ކުރައްވައިފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ނަޝީދު އާ ޕާޓީއެއް އުފައްދަވައިފި ނަމަ، 12 މަޖިލީސް މެންބަރުނާ އެކު އިދިކޮޅު އެންމެ ބޮޑު ޕާޓީއަކަށް ވާނީ އެ ޕާޓީއެވެ. މިހާރު އިދިކޮޅުގައި އޮތް ޕީޕީއެމް/ޕީއެންސީގައި ތިއްބަވަނީ އަށް މެންބަރުންނެވެ.
އެހެންނަމަވެސް، ނަޝީދު މިހާތަނަށް އެ ޕާޓީން އިސްތިއުފާއެއް ނުދެއްވައެވެ.
comment އޮރެންޖް
2 year 11 month ago
ރަނގަޅު. އެމް.ޑީ.ޕީ އާއި ރާއްޖެނިއްުސް ރާއްޖެޓީވީ މަށަށް އެއް އިރެއްގައިވެސް ކަމަކު ނުދޭ. ބައެއް ފަހަރު އަންނި އަށް ސަޕޯޓްކުރެވޭ.
comment ޝާން
2 year 11 month ago
ނަސީދުގެ ސައިޒް އިނގޭނެ މިފަހަރު. ތިބުނާޕާޓީގެ އާންމު މެމްބަރުންގެއަދަދު އަދާލަތު ނުނީ އެމްއާރްއެމް އާއި ގާތްކުރިޔަސް ރަނގަޅު.
comment ތިންފަށް
2 year 11 month ago
ސަފްހާ ނިމުނީ. ވަރަށް ހަޑިގޮތަކަށް އުޅޭ ސޮރެއްމީ ބާރތުޑޭ ޕާޓީ އުފައްދާ ގެން އޮވެ.
comment މިދުހަތު
2 year 11 month ago
ތިގޮލާ ތިއޮތީ ބާކީވެފަ. ހަހަހަހަހަ