މާލެއިން ޒުވާނަކު ގެއްލިގެން ހޯދަނީ

ދ. ކުޑަހުވަދޫ / ދިލްކަޝްވިލާ، ޢަލީ ޢާތިފް ސާފީ،--

މާލެއިން މީހަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން އެ މީހާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ގެއްލިގެން ހޯދަމުންދަނީ ދ. ކުޑަހުވަދޫ / ދިލްކަޝްވިލާ، ޢަލީ ޢާތިފް ސާފީ، 30،އެވެ.

ޢަލީ ޢާތިފް ސާފީ، މެއި 12 ވަނަ ދުވަހުން ފެށިގެން ޚަބަރެއް ނުވެ، ގެއްލިގެން އާއިލާގެ ފަރާތުން ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނަށް ރިޕޯޓްކޮށްފައިވަނީ މި މަހުގެ 15 ވަނަ ދުވަހުގެ ވަގުތެއްގައެވެ.

ފުލުހުން ބުނީ އޭނާ ގެއްލިގެން ރިޕޯޓްކުރުމާ ގުޅިގެން ފުލުހުންގެ ކަމާ ގުޅުންހުރި އެންމެހާ ޑިޕާޓްމަންޓްތަކަށް އެކަމުގެ މަޢުލޫމާތު ފޯރުކޮށް، ޢަލީ ޢާތިފް ހޯދުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރަމުން ކަމަށެވެ.

ނަމަވެސް މިހާތަނަށް ކުރެވުނު މަސައްކަތުން ޢާތިފް ހޯދިފައެއް ނުވެއެވެ.

ޢާތިފް އާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ކުޑަހުވަދޫ ޕޮލިސް ސްޓޭޝަންގެ ނަންބަރު 9792052 އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން އެދެއެވެ.

މިގޮތަށް މީހުން ގެއްލިގެން ފުލުހުން ދޭތެރެއަކުން އިއުލާން ކުރެއެވެ. އިއުލާން ކުރުމާއެކު ގިނަ މީހުން ފެނެއެވެ.

comment ކޮމެންޓް