އައިފޯނު ބޭނުންކުރާ މީހުންނަށް ވިންޑޯޒްއިން މެސެޖް ކުރެވޭނެ އަޕްޑޭޓެއް މައިކްރޮސޮފްޓުން ނެރެފި

އައިފޯނު ބޭނުންކުރާ ފަރާތްތަކަށް ވިންޑޯޒްއިން މެސެޖު ކުރެވޭނެ އަޕްޑޭޓެއް މައިކްރޮސޮފްޓުން ނެރެފިއެވެ.

މައިކްރޮސޮފްޓުން ކުރި އިއުލާނެއްގައި ބުނީ ވިންޑޯޒް 11 ޕީސީގެ ފޯނު ލިންކްގެ އެންމެ ފަހުގެ ވާޝަނަށް ނޮޓިފިކޭޝަން ލިބުމާއި ޓެކްސްޓް ފޮނުވުމާއި ކޯލްތައްކޮށް ކޯލްތަކަށް ޖަވާބު ދެވޭނެ އަޕްޑޭޓެއް ލިބޭނެ ކަމަށެވެ.

އެމެރިކާގެ ގިނަ ބަޔަކު އައިފޯން ބޭނުންކުރާއިރު، އެޕަލްގެ ޕްރޮޑަކްޓްތަކުގައި އައިފޯން އިންޓަގްރޭޓް ކުރުމުގެ ސަބަބުން ވިންޑޯސް ޕީސީގެ މާކެޓް ހިއްސާ ނެގުމަށް އެޕަލްއަށް ވަނީ މަގުފަހިވެފައެވެ.

މިދިޔަ އަހަރު ދުނިޔޭގެ ޕީސީ ޝިޕްމަންޓްތަކުގެ 10 އިންސައްތަ ހިއްސާކުރަނީ އެޕަލް އިން ކަމަށްވާއިރު، ބާކީ ޝިޕްމެންޓަކީ ވިންޑޯޒް މެޝިންތައް ކަމަށް އިންޓަނޭޝަނަލް ޑާޓާ ކޯޕަރޭޝަން (އައިޑީސީ)އިން ބުނެއެވެ.

މައިކްރޮސޮފްޓްގެ މި ފިޔަވަޅާއެކު އައިފޯން ގެންގުޅޭ ފަރާތްތަކަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާއިރު، ވިންޑޯސް ޕީސީތައް ގެންގުޅޭ ފަރާތްތަކަށްވެސް މިކަމުން ހިތްހަމަޖެހުމެއް ލިބޭނެއެވެ.

ކޮމްޕިއުޓަރާއި ފޯނާ ލިންކް ކުރުމަށް މައިކްރޯސޮފްޓުން އުފެއްދި ފޯނު ލިންކް މީގެ ކުރިން މަސައްކަތް ކުރީ ހަމައެކަނި އެންޑްރޮއިޑް ފޯނުތަކާ އެކުގައެވެ. ނަމަވެސް މިއަޕްޑޭޓާއެކު އައިފޯނުންވެސް ޕީސީ މެދުވެރިކޮށް ފަސޭހަކަމާއެކު ކަންކަން ކޮށްލެވޭނެއެވެ.

ފޯނު ލިންކް ސޮފްޓްވެއާގައި އެޕަލްގެ މެސެޖްސް ފޯ މެކް ފަދަ ފީޗާތަކެއް އޭރަކު ނެތެވެ. މިއީ ބްލޫޓޫތު މެދުވެރިކޮށް މަސައްކަތް ކުރާ ސޮފްޓްވެއާއަކަށް ވާއިރު، އައިފޯންގައިވެސް މައިކްރޮސޮފްޓްގެ "ލިންކް ޓު ވިންޑޯޒް" އެޕް އިންސްޓޯލް ކުރަން ޖެހޭނެއެވެ.

ފޯން ލިންކް އެނަބަލް ކޮށްލުމުން އެ ފޯން ބޭނުންކުރާ މީހުންނަށް ނޮޓިފިކޭޝަން ވިންޑޯސް ޕީސީއަށް ލިބޭނެއެވެ. އެކަމަކު އައިމެސެޖް މެދުވެރިކޮށް ގުރޫޕް ޓެކްސްޓްތަކަށް އެ ފީޗާއިން ސަޕޯޓް ނުކުރާއިރު، އަދި ފޮޓޯ ނުވަތަ ވީޑިއޯ ފޮނުވުމުގެ ފުރުސަތު ވެސް އެ ސޮފްޓްވެއާއިން ނުލިބޭނެއެވެ. ފޯން ލިންކުން ޑިސްޕްލޭ ކުރެވޭނީ ހަމައެކަނި އެ ފީޗާ މެދުވެރިކޮށް ފޮނުވާ ނުވަތަ ލިބޭ މެސެޖްތައް އެކަނި ކަމުން ޓެކްސްޓް ހިސްޓްރީ އެ ފީޗާ މެދުވެރިކޮށް ނުފެންނާނެއެވެ.

comment ކޮމެންޓް