އިންޓެލްގެ އާ ޕްރޮސެސާ ބާޒާރަށް

ކޮންޕީޓަރުގެ ޕްރޮސެސަރ އުފެއްދުމުގައި މަޝްހޫރު އިންޓެލްއިން އައިވީ ބްރިޖް އާއިލާގެ ޕްރޮސެސަރ ވަރަށް އަވަހަށް ބާޒާރަށް ނެރޭނެކަން ހާމަކޮށްފިއެވެ. އިންޓެލްއިން ބުނާ ގޮތުގައި މިއީ ފުރިހަމަ މާނައިގައި "3 ޑީ ޓްރާންސިސްޓަރ" އެކެވެ.

އެމެރިކާގެ ކުންފުންޏެއް ކަމަށްވާ އިންޓެލްއިން ބުނާ ގޮތުގައި މި އީޖާދުގެ ސަބަބުން މަދު ހަކަތަކޮޅަކުން ގިނަ މަސައްކަތްތަކެއް ހިންގުމުގެ ގާބިލުކަން ކޮންޕީޓަރަށް ލިބިގެންދާނެއެވެ. މި ގޮތުން އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ 13 ކުއަޑް-ކޯރ ޕްރޮސެސަރ ހިމެނިފައިވާ ކަމެވެ. މިއީ ޑެސްކްޓޮޕް ކޮންޕީޓަރަށް އަމާޒުކުރެވިފައިވާ އުފެއްދުމެއް ކަމަށް އެފަރާތާ ހަވާލާދީ ބީބީސީން ބުނެއެވެ. މީގެ އިތުރުން "އަލްޓްރާ ބުކްސް" އާއި ތުނި ލެޕްޓޮޕްތަކަށް ބޭނުންވާ ޑުއަލްކޯރ ޕްރޮސެސަރތައް ވެސް ވަރަށް އަވަހަށް ބާޒާރަށް ނެރޭނެ ކަމަށް އިންޓެލްއިން ބުނެއެވެ.

އިންޓެލް އާއި ކޮންޕީޓަރ އުފައްދާ ކުންފުނިތަކުން ދެކޭ ގޮތުގައި މި އައު އުފެއްދުމާއެކު އަނެއްކާ ވެސް ކޮންޕީޓަރުގެ ވިޔަފާރި ރަނގަޅުވުމުގެ ފުރުސަތު އެބައޮތެވެ.

އިންޓެލްގެ ފަރާތުން ވާހަކަ ދެއްކެވި ބޭފުޅަކު ވިދާޅުވި ގޮތުގައި ދުނިޔޭގައި މިހާތަނަށް އުފެއްދި އެންމެ ކުޑަ ޕްރޮސެސަރތައް ކަމުގައިވާ މި އުފެއްދުންތަކަކީ މަސައްކަތުގެ ހަލުވިކަން 20 ޕަސެންޓަށް މަތި އަދި ބޭނުންކުރާ ހަކަތަ 20 ޕަސެންޓަށް ވުރެ ދަށް އުފެއްދުން ތަކެކެވެ.

އިންޓެލްގެ މި ފަހަރުގެ އުފެއްދުމަކީ މިހާތަނަށް އިންޓެލްއިން އުފެއްދި އެންމެ ހަލުވި އިސްޕީޑުގައި މަސައްކަތްކުރާ ޕްރޮސެސަރތަކެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު