ފުވައްމުލަކު މީހަކު ގެއްލިގެން ހޯދަނީ

ގެއްލިގެން ހޯދަމުންދާ ޏ. ފުވައްމުލަކު ރަންދެލިގެ، އުމުރުން 30 އަހަރުގެ ހަސަން ޖަމީލް --

ޏ. ފުވައްމުލަކު މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ފުލުހުން ބުނީ ގެއްލިގެން ހޯދަމުން އަންނަނީ އެ ރަށު ދޫޑިގަން އަވަށު ރަންދެލިގެ، އުމުރުން 30 އަހަރުގެ ހަސަން ޖަމީލް ކަމަށެވެ.

އޭނާގެ އެއްވެސް ޚަބަރެއް ނުވެގެން އާއިލާއިން ރިޕޯޓުކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހުގެ ރެއެވެ. ފުލުހުން މިހާރު އަންނަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އޭނާ އެންމެ ފަހުން އާއިލާއަށް ޚަބަރެއް ވެފައިވަނީ މިދިޔަ އާދިއްތަ ދުވަހުއެވެ. އެގޮތުން އޭނާ މާލޭގައި ހުރިކަމަށް އާއިލާއަށް ގުޅާފައި ބުނެފައިވާ ކަމަށް އޭނާގެ އާއިލާއާ ހަވާލާދީ ފުލުހުން ބުންޏެވެ.

ފުލުހުން ވަނީ ހަސަން ޖަމީލްގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 ނުވަތަ ފުވައްމުލަކު ޕޮލިސް ސްޓޭޝަންގެ ނަންބަރަށް (9792803) ގުޅައި ހިއްސާކުރުމަށް އެދިފައެވެ.

comment ކޮމެންޓް