ގެލެކްސީ ނެކްސަސް ހެޔޮ އަގުގައި

ގެލެކްސީ ނެކްސަސް ފޯނެއް ހެޔޮ އަގުގައި ހޯދުމަކީ ފޯނު ގެންގުޅޭ އަދި ހާއްސަކޮށް އެންޑްރޮއިޑް ފޯނެއް ގެންގުޅެން އެދޭ ކޮންމެ މީހަކު ބޭނުންވާނެ ކަމެކެވެ. މާ ގިނަ ދުވަސްތަކެއް ނުވެ އެކަން ވެދާނެއެވެ. މި އަހަރުގެ މެދުތެރޭގައި ނުކުންނަ ގެލެކްސީ ނެކްސަސްގެ އާ ޖީލުގެ ފޯނުތައް ވަރަށް ވެސް ހެޔޮ އަގުގައި ގަންނަން ލިބޭނެކަމަށް ފޯނުގެ މާކެޓިންގއާ ހަވާލުވެ ތިބި ފަރާތްތަކުން ދަނީ ބުނަމުންނެވެ.

މި ގޮތުން 4 ޖީ ނެޓްވޯކެއްގައި ފުރިހަމައަށް މަސައްކަތް ކުރާ މި ފޯނު 200 ޑޮލަރަށް ގަންނަން ލިބޭނެ ކަމަށް އެ ފަރާތުން ހާމަ ކުރެއެވެ. އެހެން ނަމަވެސް ގިނަ ނެޓްވޯކް ތަކަކީ އަދިވެސް 3 ޖީ ނެޓްވޯކްތައް ކަން ފާހަގަ ކުރެވެއެވެ. އެހެން ކަމުން 4 ޖީ ނެޓްވޯކަކަށް ތިމާ ބޭނުންކުރާ ނެޓްވޯކް ބަދަލުވާންދެން ކޮންމެވެސް ވަރެއްގެ އިންތިޒާރެއް ކުރާން ޖެހޭނެއެވެ.

ފޯނު ނުކުންނަ އިރު 4 ޖީ ނެޓްވޯކް ބޭނުންކުރާނެކަން ކަށަވަރު ވެފައި ވަނީ އެންމެ ހަ ޝަހަރެއްގައެވެ. މިއީ މުޅިން ވެސް އެމެރިކާގެ ޝަހަރުތަކެވެ. 4 ޖީ ނެޓްވޯކް ތަރައްގީކުރާ ފަރާތުން ހާމަ ކުރާ ގޮތުގައި މިއަހަރު ނިމޭއިރު 123 މިލިޔަން މީހުންނަށް އަދި 2013 ވަނަ އަހަރުގެ ނިޔަލަށް 250 މިލިޔަން މީހުންނަށް، އެ ނެޓްވޯކުގެ ހިދުމަތް ލިބޭނެއެވެ.

އެންޑްރޮއިޑް އޮޕަރޭޓިންގ ސިސްޓަމްގެ ފޯނުތައް އާންމުންގެ ތެރޭގައި މިހާވަރަށް މަގުބޫލުވެފައިވާއިރު، އެހެން ބައެއް އޮޕަރޭޓިންގ ސިސްޓަމްތަކުން ދަނީ އެންޑްރޮއިޑާ ވާދަކުރަމުންނެވެ. -- ޕީސީމެގް
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު