ޒިކުރާ އިންޓަނޭޝަނަލް ކޮލެޖުގެ ދަރިވަރުން، ކުޑަކުދިންގެ ނަފުސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކުރަނީ

ކުޑަކުދިންގެ ދުވަހާ ގުޅުވައިގެން ޒިކުރާ އިންޓަނޭޝަނަލް ކޮލެޖުގެ ދަރިވަރުންގެ ސައިކޮލޮޖީ ކުލަބު 'ޒީ މައިންޑްސް' އިން ކުޑަކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް މީހުން ހޭލުންތެރި ކުރުމުގެ ހަރަކާތެއް ބާއްވައިފިއެވެ.

ޒިކުރާ އިންޓަނޭޝަނަލް ކޮލެޖުގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް ގެނެސްދީފައިވާ ޕޯސްޓްތަކުގައި ދައްކައިދެނީ ކުޑަކުދިންގެ ނަފްސާނީ ދުޅަހެޔޮކަން ރަނގަޅުކުރުމަށް ބޮޑެތި މީހުންނާއި ބެލެނިވެރީންނަށް ދޭ މެސެޖުތަކެކެވެ.

"ލިޓްލް މައިންޑްސް މެޓާ" މި ތީމަށް ގެނެސްދީފައިވާ ޕޯސްޓް ތަކުގައި ކުދިން ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށާއި ކުދިން އުފާކޮށްދިނުމަށް ކުރެވިދާނޭ ކަންތައްތަކަށާއި ކުދީންގެ އިހުސާސްތަކުގެ މައްޗަށްވެސް އަލި އަޅުވާލެވިފައިވެއެވެ.

އެ ކޮލެޖްގެ ސައިކޮލޮޖީ ކްލަބް ޒިކުރާ މައިންޑްސް (ޒީ މައިންޑްސް) އުފައްދާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ.

މިކުލަބު އުފެއްދުމުގެ މަގުސަދަކީ އެކޮލެޖުގައި ސައިކޮލޮޖީ ކިޔަވަމުންދާ ދަރިވަރުންނަށް، ކުލާސްރޫމްގައި ކިޔަވާ ތަކެތީގެ އިތުރުން، މައުލޫމާތު އިތުރަށް މުއްސަނދި ކުރުމާއި ސައިކޮލޮޖީގެ ދާއިރާއިން އެކޮލެޖުން ކިޔަވައިގެން ފީލްޑަށް ނުކުންނަ ކުދީންނަކީ ގާބިލު ކުދީންތަކަކަށް ހެދުން ކަމަށް ޒިކުރާ ކޮލެޖުން ބުންޏެވެ. އެގޮތުން އެ ދާއިރާގައި ދިމާވާ ގޮންޖެހުންތަކާ މެދު ކުލަބުން ވާހަކަ ދައްކައި، ތަފާތު ދާއިރާތަކާ ބެހޭ މަޢުލޫމަތު ދަރިވަރުންނަށް ލިބުމުގެ ފުރުސަތު ހޯދައިދޭނެ ކަމަށް އެ ކޮލެޖުން ބުންޏެވެ.

އެ ކުލަބުގެ ރައީސާ އަކީ ބެޗެލާ އޮފް ސައިކޮލޮޖީ އެންޑް ކައުންސެލިން ކޯހުގެ ދަރިވަރު އާމިނަތު މުޝްތަރީ އެވެ. ނައިބު ރައީސާ އަކީ މަރިޔަމް ރީމް އެވެ. ކްލަބުގެ ސެކްރެޓޭރިއަޓް އަކީ ޝަހުމާ މުޙައްމަދު އެވެ. އަދި ޚަޒާންދާރަކީ ނިޚާ ރަޝީދެވެ.

ޒިކުރާ އިންޓަނޭޝަނަލް ކޮލެޖަކީ ސެޓްފިކެޓް ލެވެލް 3 އިން ފެށިގެން މާސްޓާސްއާ ހަމައަށް މަތީ ތައުލީމު ފޯރުކޮށް ދެމުން އަންނަ ވަރަށް ގިނަ ދަރިވަރުންތަކެއްގެ އިތުބާރު ހޯދާފައިވާ ކޮލެޖެކެވެ.

comment ކޮމެންޓް