ޔޫތުގެ ޑެޕިއުޓީ މިނިސްޓަރަކަށް ކުރީގެ ނޫސްވެރިޔާ އަޒްމޫން

ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ހަމަޖެއްސެވި އަަޒްމޫން އަހްމަދު

ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފުގެ ޕާސަނަލް އެސިސްޓެންޓެއްގެ މަގާމުގައި ހުންނަވާ އަަޒްމޫން އަހްމަދު އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް މިއަދު ހަމަޖައްސައިފިއެވެ.

މިކަން ރައީސް އޮފީހުން އަދި ރަސްމީކޮށް އިއުލާނެއް ނުކުރެއެވެ. ނަމަވެސް، ރައީސް އޮފީހުގެ ވެބްސައިޓުގައިވާ ޔޫތު މިނިސްޓްރީގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ ލިސްޓުން އޭނާގެ ނަން ފެނެއެވެ.

އޭނާ އަކީ މީގެ ކުރިން ނޫސްވެރިއެކެވެ. އެގޮތުން ރާއްޖެ ޓީވީ އާއި ސީއެންއެމްގައި އޭނާ މަސައްކަތް ކޮށްފައިވެއެވެ.

ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުންގެ މަގާމުގައި ތިން ބޭފުޅުން މިހާރު ވެސް ތިއްބަވައެވެ.

comment ކޮމެންޓް