އީރާނުގައި 25 މީހުން މަރާލި މީހަކަށް މަރުގެ އަދަބު ދީފި

އީރާނުގައި 25 މީހުން މަރާލި މީހާއަށް މަރުގެ އަދަބު ދީފި --

އީރާނުގައި 25 މީހުން މަރާލި ކަމުގެ ކުށް ސާބިތުވި މީހާގެ މައްޗަށް މަރުގެ އަދަބު ދީފިއެވެ.

އޭނާއަކީ ހަބީބު ފަރަޖޮالله ޗާބް ނަމަކަށް ކިޔާ ސްވިޑެންގެ ރަށްވެހިކަން ވެސް އޮންނަ މީހެކެވެ.

ރޮއިޓާސް ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި އޭނާ 25 މީހުން މަރާލާފައިވަނީ 2018 ވަނަ އަހަރު އީރާނުގައި އޮތް އަސްކަރީ ޕެރޭޑެއްގައި ދިން ހަމަލާތަކުގެ ތެރޭގައެވެ. އޭގެ އިތުރުން އަރަބިންގެ ތެރެއިން ވަކިވެގަތުމަށް މަސައްކަތްކުރާ ޖަމާއަތެއްގައި އިސްކޮށް އުޅުނު ކަމުގެ ކުށްވެސް އޭނާގެ މައްޗަށް ވަނީ ސާބިތުވެފައެވެ.

އޭނާގެ މައްޗަށް އެ ކުއްތައް ސާބިތުވުމާއެކު އީރާނުގެ ހަރުކަށި އިސްލާމީ ގާނޫނުތަކުގެ ދަށުން ޗާބްގެ މައްޗަށް މަރުގެ ހުކުމް ވަނީ އިއްވާފައެވެ. މި ހުކުމާއި އެކު ސްވިޑެންއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މަރުގެ ހުކުމް ތަންފީޒުކުރާކަން އިއުލާނުކޮށް އީރާނުގެ ޝަރުއީ ދާއިރާއިން ނެރުނު ބަޔާނެއްގައި ވަނީ ސްވިޑެން ސަރަހައްދީ އެހެނިހެން ގައުމުތަކުގެ ސަލާމަތީ އިދާރާތަކުން ޗާބާއި އޭނާގެ ޖަމާއަތަށް ތާއީދުކުރާ ކަމަށް ތުހުމަތުކޮށްފައެވެ.

އޭގެ އިތުރުން ސްވިޑެންގެ ޚާރިޖީ ވަޒީރު ޓޮބިއަސް ބިލްސްޓްރޯމް ވަނީ ޗާބްގެ މަރުގެ ހުކުމް ތަންފީޒު ނުކުރުމަށް ސްވިޑެންއިން އީރާނުގެ ކިބައިން އެދިފައިވާކަމަށް ވިދާޅުވެ އެކަމާ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކުރައްވާފައެވެ.

އޭނާ ވިދާޅުވީ މަރުގެ އަދަބަކީ ލާއިންސާނީ އަދި އިއާދަ ނުކުރެވޭ ވަރުގެ އަދަބެއް ކަމަށެވެ. އަދި ސްވިޑަން އިން އެކަން ހުއްޓުވަން އުޅުން ކުށްވެރިކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

އީރާނުން އޭނާގެ މައްޗަށް ޝަރީއަތް ފަށާފައިވަނީ 2022 ވަނަ އަހަރުއެވެ. އެ ފަހަރު އޭނާގެ މައްޗަށް އުފުލި ދައުވާއަކީ ޓެރަރިސްޓު ހަމަލާތަކެއް ރާވާ ހިންގުމުގެ ދައުވާއާ އީރާނުގައި ވަކި ދައުލަތެއް ހޯދުމަށް މަސައްކަތް ކުރާ އަރަބް ޖަމާއަތެއްގައި އިސްކޮށް ހަރަކާތްތެރިވުމުގެ ސަބަބުންނެވެ.

މިފަދަ މައްސަލަތަކާ ގުޅިގެން އީރާނާ ސްވިޑެންއާ ދެމެދު އޮންނަ ގުޅުން ވަނީ ހީނަރުވެފައެވެ.

comment ކޮމެންޓް