ސީރިއަސް އާލާސްކަންފުޅަކަށް އަދީބު ފަރުވާ ހޯއްދަވައިފި: އެމްޓީޑީ

މީގެ ކުރިން އައިޖީއެމްއެޗްގައި އަދީބުގެ އޮޕަރޭޝަނެއް ކުރުމަށްފަހު ----

ކުރީގެ ނައިބް ރައީސް އަދި މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓިކް (އެމްޓީޑީ)ގެ ރައީސް އަހްމަދު އަދީބް ސީރިއަސް އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވާފައިވާ ކަމަށް އެ ޕާޓީން މިރޭ ބުނެފިއެވެ.

އެމްޓީޑީގެ ރަސްމީ ޓްވިޓާ އެކައުންޓުން ކުރި ޓްވީޓެއްގައި ބުނީ, މިއަދުގެ ވަގުތެއްގައި ސީރިއަސް އަލާސްކަންފުޅަކާއި ގުޅިގެން އަދީބު ހާއްސަ ޑޮކްޓަރެއްގެ ފަރުވާ ހޯއްދަވާފައި ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް އެ ޕާޓީން އާންމު ކޮށްފައެއް ނުވެއެވެ.

އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާއި ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލާގައި އަދީބުގެ މައްޗަށް ދައުލަތުން ކުރި ތިން ދައުވާއެއް ސާބިތުވެ، 33 އަހަރުގެ ޖަލު ހުކުމެއް އިއްވިއެވެ. އަދި ދެ މިލިއަން ރުފިޔާ ޖޫރިމަނާކުރިއެވެ.

ދައުލަތުން އަދީބާއެކު ވަނީ އިއުތިރާފު އެއްބަސްވުމެއް ވެސް ހަދާފައެވެ. އޭނާގެ ސިއްހީ ހާލުކޮޅު ހުރި ގޮތުން ހުކުމް ތަންފީޒު ކުރުން ވަނީ ގޭބަންދަށް ބަދަލުކޮށްފަ އެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި އަދީބަށް އެންމެ ފުރަތަމަ 30އަށް ވުރެ ގިނަ ދައުވާ ކުރި އެވެ. ނަމަވެސް، ފަހުން އެ ދައުވާތައް އަނބުރާ ގެންދިޔައީއެވެ.

އަދީބު ދެ މިލިއަން ރުފިޔާއިން ޖޫރިމާނާ ކުރިޔަސް އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ދައުލަތަށް 3.3 ބިލިއަން ރުފިޔާގެ ގެއްލުންވެފައިވެއެވެ. އެހެންވެ، އޭނާއަށް ލުއި އަދަބެއް ދީ ގޭ ބަންދުގައި ބަހައްޓާފައި ހުރުމުން ސަރުކާރަށް ފާޑުކިޔުން އަމާޒުވެއެވެ.

comment ކޮމެންޓް