މާލެއިން ފުރި މުދާ އުފުލާ ބޯޓެއް ގެއްލިގެން ހޯދަނީ

ކޯސްޓްގާޑުގެ އުޅަނދެއް --- ފޮޓޯ: އެމްއެންޑީއެފް

މާލެއިން ފުރައިގެން ވ. އަތޮޅަށް ދަތުރުކުރަމުން ދިޔަ މުދާ އުފުލާ ބޯޓެއްގެ ޚަބަރު ނުވެގެން ހޯދަން ފަށައިފިއެވެ.

މި ކަމާ ގުޅިގެން އެމްއެންޑީއެފުން ބުނީ ގެއްލިގެން ހޯދަމުން އަންނަނީ 'ސަވާރީ' ނަމަކަށް ކިޔާ ބޯޓެއްކަމަށެވެ. އެ ބޯޓް އެންމެ ފަހުން ޚަބަރެއްވީ މިއަދު ހެނދުނު 9:07 ގައި ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.

މި ބޯޓުގެ ޚަބަރެއް ނުވެގެން މިއަދު އެންމެ ފުރަތަމަ ރިޕޯޓުކޮށްފައިވަނީ، މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރު (އެމްއާރްސީސީ)އަށެވެ.

އެއާއެކު މިހާރު ކޯސްޓުގާޑުން އެ ބޯޓު ހޯދުމުގެ މަސައްކަތް ފަށައިފައިވާކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ސަވާރީ ބޯޓު އެންމެ ފަހުން ފެނުނު ސަރަހައްދު -- ފޮލޯމީ ޓްރެކާ

މި ދުވަސްވަރު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވެ މެޓު އޮފީހުންވަނީ ސަމާލުވުމަށް އަންގައިފައެވެ. އެގޮތުން ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް އަދި ކ. އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށް ރީނދޫ ސަމާލުވަނީ ނެރެފައެވެ.

މެޓުން ބުނީ މި ސަރަހައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި ކަނޑުތައް ގަދަވުން އެކަށީގެންވާކަމަށެވެ. އަދި 45 މޭލަށް ވައިބާރުވާނެކަމަށް ލަފާ ކުރެވޭކަމަށެވެ.

comment ކޮމެންޓް