އިޓަލީގެ ގައުމީ އެއާލައިން އައިޓީއޭގެ ދަތުރުތައް މިއަހަރު ވެސް ރާއްޖެއަށް ފަށަނީ

އީޓީއޭ އެއާވޭސް ---

ކޮންމެ އަހަރެއްގެ ވެސް ފިނި މޫސުމާ ދިމާކޮށް ރާއްޖެއަށް އަންނަ އައިޓީއޭ އެއާވޭސް އިން، މި އަހަރު ވެސް ރާއްޖެއަށް ދަތުރުތައް ފަށާނެ ކަން އިއުލާންކޮށްފިއެވެ.

ބޭރުގެ ނޫސްތަކަށް މައުލޫމާތު ދެމުން އޭޓީއޭއިން ބުނީ އެ އެއާލައިންގެ އިންޓަނޭޝަނަލް ފުޓްޕްރިންޓް އިތުރުވަމުންދާތީ ފިނި މޫސުމުގެ ދަތުރުތައް ރާއްޖެއަށް އާކުރާނެ ކަމަށެވެ. އެގޮތުން މި އަހަރު ދަތުރުތައް އޮންނާނީ 16 ޑިސެމްބަރުން 25 މާޗް 2024 ގެ ނިޔަލަށް ކަމަށް އެ އެއާލައިން އިން ބުނެއެވެ.

އައިޓީއޭ އެއާވޭސް އިން ހަފުތާއަކު ދެ ފަހަރު މި ރޫޓް އޮޕަރޭޓް ކުރާނެއެވެ. އަދި އެ އެއާވޭސް އިން ރާއްޖެއަށް ކުރާ ދަތުރުތަކުގައި ބޭނުންކުރާ މަތިންދާބޯޓުގެ ބާވަތް އަދި ކަށަވަރު ނުވި ނަމަވެސް އެންމެ ބޮޑަށް ބެލެވެނީ މި ދަތުރުތަކުގައި ބޭނުން ކުރާނީ އެއާބަސް އޭ350 ކަމަށެވެ.

މީގެ ކުރިން އަލް އިޓަލީއާގެ ދަތުރުތައް ކޮންމެ އަހަރެއްގެ ފިނި މޫސުމާ ދިމާކޮށް ރާއްޖެއަށް ބާއްވަމުން އައި ނަމަވެސް، 2021 ވަނަ އަހަރު މާލީގޮތުން ކުރިމަތިލާން ޖެހުނު މައްސަލަތަކާ ގުޅިގެން އެ އެއާލައިނުގެ ދަތުރުތައް ވަނީ ހުއްޓާލާފައެވެ.

އިޓަލީއަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި އެންމެ ޒަމާންވީ އެއް މާކެޓަށްވާ އިރު އެއީ ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ އެއް ގައުމުވެސްމެއެވެ.

comment ކޮމެންޓް