ލޯންޗު އެކްސިޑެންޓާ ގުޅިގެން މީހަކު ހައްޔަރެއް ނުކުރޭ

މީގެ ކުރިން ހިންގި ލޯންޗު އެކްސިޑެންޓެއް

ފޭދޫފިނޮޅު ކައިރިން ދަތުރުކުރަމުން ދިޔަ ދެ ލޯންޗެއް ޖެހި އިއްޔެ ހިނގި އެކްސިޑެންޓާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެފިއެވެ.

އެ އެކްސިޑެންޓްގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ އިއްޔެ 16:42 ހާއިރުއެވެ. މި ހާދިސާގައި 53 އަހަރުގެ މީހަކަށް ފަރުވާދެމުން ދަނިކޮށް ވަނީ މަރުވެފައެވެ.

https://sun.mv/176703

މިކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު "ސަން"އަށް ވިދާޅުވީ، މި މައްސަލައާ ގުޅިގެން އެއްވެސް މީހަކު މިހާތަނަށް ހައްޔަރުކޮށްފައި ނުވާ ކަމަށެވެ. ނަމަވެސް އެ މައްސަލައިގެ ތަހުގީގު ކުރިއަށްދާ ކަމަށް އޮފިޝަލު ވިދާޅުވިއެވެ.

މި ހާދިސާގައި މަރުވީ ބ. ކުޑަރިކިލަށް ނިސްބަތްވާ ވިޔަފާރިވެރިޔާ ސައުދުﷲ އަހްމަދެވެ. އޭނާ އަކީ ބިން ހިއްކުމާއި ބޮޑު ހިލަޖެހުން ފަދަ މަސައްކަތްތައް ކުރާ ކުންފުންޏެއްކަމަށްވާ ސާސޭ ކޮންސްޓްރަކްޝަންގެ މެނޭޖިން ޑިރެކްޓަރެވެ.

މިހާތަނަށް އައިރު ސައުދުﷲ ވަނީ ރެއިންބޯ އެންޓަޕްރައިސަސް އާއި އަމިން ކޮންސްޓްރަކްޝަންގައި މަސައްކަތްކުރައްވައިފައެވެ. ރެއިންބޯގެ ޕްރޮޖެކްޓު މެނޭޖަރުކަމާއި އަމިން ކޮންސްޓްރަކްޝަންގެ ޖެނެރަލް މެނޭޖަރުކަން އޭނާ ކޮށްފައިވެއެވެ.

comment ކޮމެންޓް