ދިވެހިރާއްޖެއާއި މޮރިޝަސްއާ ދެމެދު ފުށުއަރާ ކަނޑުގެ އިމުގެ މައްސަލަ 58 އަހަރު ފަހުން ރާއްޖެއިން ބޭނުންވި ގޮތަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް އޮފް ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ނިންމައިފިއެވެ.
އެ މައްސަލައިގައި އިޓްލޮސްއިން މިއަދު ނިންމީ ރާއްޖެއިން ވަކާލާތު ކުރި ގޮތަށް ރާއްޖެއަށް ބޮޑުބައި ލިބޭ ގޮތަށް ދެ ގައުމުގެ ފުށުއަރާ އިގްތިސާދީ ސަރަހައްދު ބަހާލައިށެވެ.
އިޓްލޮސް އިން ނިންމީ ފުށުއަރާ ބައި އިކުއި ޑިސްޓެންޓު އުސޫލުން ބަހާލައިށެވެ. މިގޮތަށް އިގްތިސާދީ ސަރަހައްދު ބެހުމުގައި ދެ ގައުމުގެ ދެމެދުގައި ހިޔާލު ތަފާތުވުން އުފެދުނީ ހަމައެކަނި ހިކި ދިޔައިގައި ފެންނަ ބްލެންހެމް ރީފުން ފެށިގެން މިން އަޅަން މޮރިޝަސް އިން އެދުމުންނެވެ.
އެކަމަކު، ރާއްޖެއިން ވަކާލަތު ކުރީ އެއީ މޮރިޝަސްގެ އައްސޭރި ފަށުގެ ބައެއް ނޫން ކަމަށެވެ. އިޓްލޮސް އިން ވެސް މިއަދު ނިންމީ މޮރިޝަސްގެ ހުށަހެޅުންތައް ބަލައިނުގަނެވޭނެ ކަމަށެވެ. މި ނިންމުމާ އެކު، ރާއްޖެއަށް އިތުރު 4687 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ލިބޭނެއެވެ. މޮރިޝަސް އިން ވަކާލާތު ކުރި ގޮތަށް މައްސަލަ ނިމުންނަމަ، އެ ސަރަހައްދު ލިބޭނީ މޮރިޝަސް އަށެވެ.

ޗާގޯސް އަކީ އައްޑޫ ސިޓީގެ ދެކުނަށް އޮންނަ ޖަޒީރާއެކެވެ. މޮރިޝަސްއަށް ވުރެ ރާއްޖެއާ އިންވާ ގޮތަށް އޮންނަ އެ ޖަޒީރާއަކީ މިހާރު އިނގިރޭސިން ބަލަހައްޓާ ތަނެކެވެ. އެ ތަނުގައި އާންމު އާބާދީއެއް ނޯންނައިރު، އިނގިރޭސިން އެތަން ބޭނުން ކުރަނީ ވިޔަފާރި އުސޫލުންނެވެ.
ޗާގޯސްގެ މިނިވަންކަމާއި މިލްކުވެރިކަމާ މެދު މޮރިޝަސް އާއި އިނގިރޭސިންނާއި އަރާރުންވާތާ އެތައް އަހަރެއް ވެއްޖެއެވެ.
އިނގިރޭސިންގެ އިސްތިއުމާރުގެ ދަށުގައި މޮރިޝަސް އޮތް އިރު، 1965ވަނަ އަހަރު އިނގިރޭސިން މޮރިޝަސްގެ އަތުން ޗާގޯސް އަތުލީއެވެ. އެއަށް ފަހު، އިނގިރެސިން، ޗާގޯސް އަތުލައި އެތަން ހުސްކޮށް އިނގިރޭސިން ވަނީ އެ ތަނުގައި "ބްރިޓިސް އިންޑިއަން އޯޝަން ޓެރިޓަރީ" އެކުލަވާލައިފައެވެ.
އެކަމަކު، މިނިވަންކަން ލިބި، އދ. އާއި ގުޅުމަށް ފަހު މޮރިޝަސް އިން ވަނީ ޗާގޯސް އަނބުރާ ހޯދަން ދައުވާކޮށްފައެވެ.
ޗާގޯސް އިނގިރޭސިންގެ އިސްތިއުމާރުގެ ދަށުގައި އަދިވެސް އޮތުމުން މޮރިޝަސްއަށް ފުރިހަމަ މިނިވަންކަން ނުލިބޭ ކަމަށް އދ. އިން ބުނީ 2017ވަނަ އަހަރުއެވެ. އަދި، އިނގިރޭސިން ވީ އެންމެ އަވަހަކަށް ޗާގޯސް ދޫކޮށްލުމަށް އޭރު އދ. އިން ވަނީ އެޑްވައިޒަރީ އޮޕީނިއަންއެއް ނެރެ، ހަ މަސް ދުވަހުގެ މުހުލަތެއް ދީފައެވެ. އެކަމަކު، އިނގިރޭސިން އެ ނިންމުމަށް ތަބައެއް ނުވެއެވެ.
ޗާގޮސްގެ ރަށްތައް އިސްތިމާރުކޮށްގެން ތިބި އިނގިރޭސިންނަށް އެ ސަރަހައްދުގެ ބާރު ނޯންނާނެ ކަމަށާއި އެއީ މޮރިޝަސްގެ ބާރު ހިނގާ ސަރަހައްދެއް ކަމަށް ބުނެ އިންޓަނޭޝަން ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން 2019ވަނަ އަހަރު ވަނީ އިސްތިޝާރީ ލަފައެއް ނެރެފައެވެ. އެކަމަކު، އެ ނިންމުން ގަބޫލުނުކޮށް، އިޓްލޮސްއަށް އިމުގެ މައްސަލަ ނުބެލޭނެ ކަމަށް ރާއްޖެއިން ވަނީ ވަކާލާތު ކޮށްފައެވެ.
ނަމަވެސް އިޓްލޮސްއިން ވަނީ ރާއްޖޭގެ އެ ދިފާއު ގަބޫލުނުކޮށް، ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮފް ދަ ލޯ އޮފް ދަ ސީ (އަންކްލޮސް)ގައި އޮންނަ ގޮތަށް ދެ ގައުމަށް ވެސް 200 މޭލުގެ ކޮންޓިނެންޓަލް ޝެލްފެއް ދޭން ޖެހޭނެ ކަމަށް ނިންމައިފައެވެ.
ޗާގޯސްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު ބަލައިގަންނަކަން ހާމަކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް، މޮރިޝަސްގެ ބޮޑު ވަޒީރަށް ސިޓީފުޅެއް ފޮނުއްވީ އެ ހިސާބުންނެވެ. ޗާގޯސް އަކީ މޮރިޝަސްގެ ބައެއް ކަމަށް ރާއްޖެއިން ގަބޫލުކުރި ނަމަވެސް، އިން ވަކި ކުރުމުގައި ރާއްްޖެއިން ގެންގުޅުނު ސިޔާސަތު ބަދަލުކޮށްފައެއް ނުވެއެވެ.
comment ސޫހު
2 year 3 month ago
ތިއީ ދިވެހި ރައްޔިތުންންގެ ނިންމުމަށް ނޫން. ދިވެހި ރައްޔިތުންނާ ރަނގަޅަށް މަޝްވަރާ ނުކޮށް ސަރުކާރުގެ ކޮރަޕްޓު ބޭފުޅުންގެ ޖީބަށް އިތުރުވާގޮތަށް ނިންމި ނިންމުމެއް.
comment ސާބަސް
2 year 3 month ago
ރާއްޖޭގެ ރައްޔިތުން އެދޭ ގޮތް ތޯ ނޫނީ މިހާރުގެ ސަރުކާރުން އެދުނު ގޮތް ތޯ؟
comment ޖަމީލް
2 year 3 month ago
ޔާމީން ވެރިކަންނަމަ މޮޅުވީހީ އައުވާނުންނަށާއި މޮރިސިސްއަށް ކަށަވަރު
comment ކަމަނީސް
2 year 3 month ago
ޗޯގޯސްގެ ގިނަ ރައްތައް ރާއްޖެއަށް ލިބުނީ؟؟ މާދުރުގަ އޮތް މޮރިޝަޝްއަށް ސިޔާދަތީ ބާރުދޭން ނިންމި ސިޓީން ދިވެހިންގެ ކަނޑުން ބައެއް މަދުވި ވާހަކަ ޖަހަން ނުކެރުން ފިނޑި ނޫސްވެރިޔާއަށް ވ ވެދުން
comment ޢައްޑޫ ތަކުރުފާނު
2 year 3 month ago
ފޯޅަވަހީގެ ރަށްތައް އުފެދިފައިވަނީ ދިވެހިރާއްޖެއާއި 280 ވަރަކަށް މޭލު ދުރުގައެވެ. ފޯޅަވަހީގެ ރަށްތައް އުފެދިފައިވަނީ މޮރިޝަސް އާއި 1140 ވަރަކަށް މޭލު ދުރުގައެވެ. ފޯޅަވަހި އޮތީ އޭޝިޔަން ކޮންޓިނެންޓް ގައެވެ. މޮރިޝަސް އޮތީ އެފްރިކަން ކޮންޓިނެންޓް ގައެވެ. ފޯޅަވައްސަކީ މުރަކައިގެ ތަނެކެވެ. މޮރިޝަސް އަކީ ފަރުބަދަމަތީ ތަނެކެވެ. ފޯޅަވަހި އުފެދުފައިވަނީ މޯލްޑިވްސް ރިޖްގައެވެ.
comment ޛދޖެ
2 year 3 month ago
އިބޫ އާއި ޝަހިދު އިންޑިއާއި ގުޅިގެން ބޭނުންވިގޮތް. ދިވެހިން ބޭނުންވިގޮތެއްނޫން ތިއީ.
comment ސސ
2 year 3 month ago
ރާއްޖެއަށް ބޮޑު ބައި ގެއްލޭ ގޮތަށް ޗާގޯސް އިމުގެ މައްސަލަ ނިންމައި އެތަނުން ދިވެހިންނަށް ގޯތި ކަނޑާދީފި .!
comment މަގޭ
2 year 3 month ago
މަލިކު ވެސް ރާއްޖޭގެ ރަށެއް ގޮތުގަ ނިންމާނެ ނަމަ
comment ސޯޓްބެ
2 year 3 month ago
މިތިބީ ބަހަން ނިއްމި ހަގީގީ ގައްދާރުން، ވިސްނާ ފިކުރުކުރޭ، އާޒިމާމެންގެ ހަޔާތް ކުޑަކަން، ޔައުމިޔާތަށް ބަލާލީމަ މިއެގެނީ. ޔާމިނު ލަދުގަންނަން ޖެހޭ، މިވާހަކަ ދައްކަން. - އެޓާނީ ޖެނެރަލް އައިޝަތު އާޒިމާ ޝަކޫރު - ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް - ފިޝަރީޒް މިނިސްޓަރު އަހްމަދު ޝަފީއު - އިކޮނޮމިކް މިނިސްޓަރު އަހްމަދު މުހައްމަދު