22 އަހަރުވީ ގައުމީ ރެކޯޑު ރޫޔާ މުގުރާލައިފި

މަރިޔަމް ރޫޔާ އަލީ، ---

ކުރިއަރަމުން އަންނަ ޒުވާން ދުވުންތެރިޔާ މަރިޔަމް ރޫޔާ އަލީ، ގައުމީ އަންހެން ޖޫނިއާ 100 މީޓަރު ދުވުމުގެ 22 އަހަރުވެފައިވާ ރެކޯޑެއް މުގުރާލައިފިއެވެ.

ރޫޔާ އެ ރެކޯޑު މުގުރާލީ ޖެމެއިކާގެ ކިންގްސްޓަންގައި ބޭއްވި "ވެލޯސިޓީ ފެސްޓް" މުބާރާތުގައި ދުވެގެންނެވެ. އޭނާ އެ ރޭސް ނިންމީ 12.21 ސިކުންތުން ރޭސް ނިންމައިގެންނެވެ.

މީގެ ކުރިން އެ ރެކޯޑު އޮތީ މީގެ 22 އަހަރު ކުރިން ޖޫނިއާ ޗެމްޕިއަންޝިޕްގައި ވާދަކުރި ޝަމްހާ އަހުމަދު އަތުގައެވެ. ދެހާސްއެއް ވަނަ އަހަރު ޝަމްހާ އެ ރެކޯޑު ހެދީ 12.27 ސިކުންތުން ރޭސް ނިންމައިގެންނެވެ.

މިވަގުތު ރޫޔާ ޖެމެއިކާގައި ހުރީ ބޭންކް އޮފް މޯލްޑިވްސްގެ ސްކޮލަޝިޕްއެއްގެ ދަށުން ތަމްރީނުތައް ފުރިހަމަ ކުރުމަށެވެ. ބީއެމްއެލްގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ހިންގާ މުޖުތަމައަށް ފައިދާ ހުރި ޕްރޮގްރާމްގެ ތެރެއިން އެ ބޭންކުން ހުޅުވާލި ސްކޮލާޝިޕް ރޫޔާއަށް ލިބުނީ މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައެވެ.

އެ ސްކޮލަޝިޕްގައި އޭނާ ޖެމެއިކާއަށް ފުރީ މިދިޔަ މަހުގެ ފުރަތަމަ ދުވަހުގައެވެ.

comment ކޮމެންޓް