ރައީސް ނަޝީދު ލަންކާގެ ރައީސް އާ ބައްދަލުކުރައްވައިފި

ރައީސް ނަޝީދު އަދި ލަންކާގެ ރައީސް / ފޮޓޯ: ޓްވިޓާ

ރައްޔިތުންގެ މަޖިލީހުގެ ރައީސް. ރައީސް މުހައްމަދު ނަޝީދު ރައީސް ރަނިލް ވިކްރަމްސިންހައާ މިއަދު ބައްދަލު ކުރައްވައިފިއެވެ.

ލަންކާގެ ރައީސްއާ ބައްދަލު ކުރެއްވުމަށް ފަހު ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ވޮޝިންޓަންގައި ކުރިއަށް ދިޔަ އައިއެމްއެފްގެ ކްލައިމެޓް ވަލްނަރަބްލް ފޯރަމްގައި ކުރިއަށް ދިޔަ ބައެއް ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ.

ރައީސް ނަޝީދު ލަންކާއަށް ވަޑައިގެންފައި މިވަނީ މި މަހުގެ 12 އިން 17 އަށް އެމެރިކާގައި ކުރިޔަށް ދިޔަ ފޯރަމުގައި ބައިވެރިވެ ވަޑައިގަންނަވަން ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހުއެވެ.

މިދަތުރުފުޅަށް ފަހު ރާއްޖެ ވަޑައިގެންނެވުމުގެ ކުރިން އިންޑިއާއަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އެގޮތުން، އިންޑިއާގެ ނިއު ދިއްލީއަށް ވަޑައިގެން އެގައުމުގެ ފޮރިން މިނިސްޓަރު ޖައި ޝަންކަރުއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ބައެއް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިކަން ކަށަވަރު ކޮށްދީފައެއް ނުވެއެވެ.

comment ކޮމެންޓް