އުރީދޫ މޯލްޑިވްސްއިން މާލެ ސިޓީ ކައުންސިލާ ގުޅިގެން ކިންގް ސަލްމާން މިސްކިތް ކުރިމަތީ ޢިދު ސައެއް ބާއްވަން ނިންމައިފިއެވެ.
އުރީދޫއިން ބުނީ މި ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އީދު ނަމާދަށްފަހު ކިންގް ސަލްމާން މިސްކިތް ކުރިމަތީގައި ކަމަށެވެ.
އުރީދޫ އީދު ސައިގައި ބައިވެރިވާ ފަރާތްތަކަށް އާއިލާ އާއި ރައްޓެހިންނާއެކު އުފާވެރި މާހައުލެއްގައި އީދު ދުވަހުގެ ސައިގައި ބައިވެރިވެވޭނެކަމަށް އެ ކުންފުނިން ބުނެއެވެ. އަދި މި ހަރަކާތަކީ ފިތުރު އީދުގެ އުފާވެރި މުނާސަބަތުގައި އެއްތަނަކުން އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމުގެ މަގްސަދުގައި ކުރިއަށް ގެންދާ ހަރަކާތެއް ކަމަށް ވެސް ބުނެއެވެ.
އުރީދޫ އީދު ސައި ގެ އިތުރުން އެހެން އަހަރު ތަކެކޭ އެއްފަދައިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުރީދޫއިން އީދު ހަދިޔާ ބެހުމާއި އެހެނިން ހަރަކާތްތައް ވެސް ކުރިއަށް ގެންދިއުމަށް ވެސް ވަނީ ރާވާފައެވެ.