އެޗްޑީއެފްސީގެ ޑިރެކްޓަރުންގެ ބޯޑަށް މުޙައްމަދު ރަޝީދު

ހައުސިންގް ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ)ގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމަށް އައްޔަނުކުރި މުޙައްމަދު ރަޝީދު--- ފޮޓޯ/ ޕީސީބީ

ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ)ގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމަށް މުޙައްމަދު ރަޝީދު އައްޔަނުކޮށްފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން ބުނީ އެޗްޑީއެފްސީގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރު ކަމަށް މ. ހަނިފަރު މުޙައްމަދު ރަޝީދު، މިއަދު އެ ބޯޑުން އައްޔަނު ކޮށްފައިވާ ކަމަށެވެ.

އޭނާ އެ މަގާމަށް އައްޔަނު ކޮށްފައި ވަނީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒް ކުރުމާއި މޮނިޓާކޮށް އިވެލުއޭޓް ކުރުމުގެ ގާނޫނުގެ 12 ވަނަ މާއްދާގެ ދަށުންނެވެ.

މުޙައްމަދު ރަޝީދަކީ ބެޗްލާ އޮފް ލޯ، ޑިޕްލޮމާ އިން އެކައުންޓިންގް އަދި ބެޗްލާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވާފައިވާ ބޭފުޅެވެ. އޭނާ މިހާރު އަދާކުރައްވަމުން ގެންވަދަނީ ހުޅުމާލެ ސޯމިލްސް ޕްރައިވެޓް ލިމިޓެޑްގެ ޖެނެރަލް މެނޭޖަރުގެ މަގާމެވެ.

މުޙައްމަދު ރަޝީދު ވަނީ ޔޫމެޓް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ ޖެނެރަލް މެނޭޖަރު ކަމާއި ޓިމްބާ ހައުސް ޕްރައިވެޓް ލިމިޓެޑްގެ އެގްޒެކެޓިވް ޑިރެކްޓަރު ކަމުގެ މަގާމުވެސް ފުރުއްވާފައެވެ.

comment ކޮމެންޓް