ބިދޭސީއެއްގެ ގައިން މެލޭރިއާ ފެނިއްޖެ، އައުޓްބްރޭކެއް ނޫން!

މެލޭރިއާއަކީ މަދިރީގެ ޒަރީއާއިން ޖެހޭ ބައްޔެއް --

ރާއްޖެއިން ނައްތައިލައިފައިވާ ބައްޔެއް ކަމަށްވާ މެލޭރިއާއަށް ރާއްޖޭގައި ހުރި ބިދޭސީއަކު ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު މިނިސްޓްރީގެ ސީނިއާ އެގްޒެކްޓިވް ޑިރެކްޓަރު އައިމިނަތު ޝަތުފާ ޝަފީއު މިއަދު "ސަން"އަށް ވިދާޅުވީ މެލޭރިއާގެ ކޭސްއެއް ބިދޭސީއެއްގެ ގައިން ފެނުނީ އަލަށް ނޫން ކަމަށެވެ. މަދުން ނަމަވެސް، ބޭރުން އަންނަ މީހުންގެ ގައިން މި ބަލީގެ ކޭސްތައް ފެންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެހެން ނަމަވެސް ދިވެއްސެއްގެ ގައިން ނުފެންނާތީ މިއީ އައުޓް ބްރޭކެއް ނޫން،" ޝަތުފާ ވިދާޅުވިއެވެ.

އިތުރަށް ޝަތުފާ ވިދާޅުވީ ރާއްޖޭގައި މެލޭރިއާ ފަތުރާ މަދިރި ނޫޅޭ ކަމަށެވެ.

ދިވެހިރާއްޖެ އަކީ މެލޭރިއާ ބަލި އެއްގޮތަކަށްވެސް ނެތް ގައުމެއް ކަމުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައެޅީ 2015 ވަނަ އަހަރުއެވެ. ދެކުނު އިރުމަތީ އޭޝިޔާގެ ޑަބްލިޔުއެޗްއޯގެ މެންބަރު ގައުމުތަކުގެ ތެރެއިން މެލޭރިއާ މުޅިން ނައްތާލެވުނު ފުރަތަމަ ގައުމަކީ ވެސް ރާއްޖެއެވެ.

comment ކޮމެންޓް