ޕްލާސްޓިކް ކޮތަޅުގެ ބޯމިން ބަލާނެ އާލާތް ކަސްޓަމްސްއާ ހަވާލުކޮށްފި

ޕްލާސްޓިކް ކޮތަޅުގެ ބޯމިން ބަލާނެ އާލާތް އެންވަޔަރަމަންޓް މިނިސްޓްރީން ކަސްޓަމްސްއާ ހަވާލުކުރަނީ --- ފޮޓޯ/ އެންވަޔަރަމަންޓް މިނިސްޓްރީ

ސިންގަލްޔޫސް ޕްލާސްޓިކުގެ ބާވަތްތައް ރާއްޖެއަށް އެތެރެކުރުން މަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާފައިވާ ޤަރާރުގެ ދަށުން ބާޒާރުކުރަން ބޭނުންކުރާ 50 މައިކްރޯންއަށްވުރެ ތުނި ޕްލާސްޓިކު ކޮތަޅު މިން ކުރާނެ އާލާތް އެންވަޔަރަމެންޓް މިނިސްޓްރީގެ ފަރާތުން ކަސްޓަމްސް އާ ހަވާލު ކޮށްފިއެވެ.

މި ތަކެތި ހަވާލު ކޮށްފައިވަނީ އެންވަޔަރަމަންޓް މިނިސްޓްރީ އާއި ކަސްޓަމްސް އާ ދެމެދު މިއަދު ސޮއި ކުރި އެމްއޯޔޫ އެއްގެ ދަށުންނެވެ. މި އެމްއޯޔޫގެ ދަށުން ޕްލާސްޓިކު ކޮތަޅުގެ ބޯމިން ބެލުމަށް ހަވާލު ކުރެވޭ އާލަތްތަކަކީ ރާއްޖެއަށް އެތެރެކުރުން މަނާ ކޮށްފައިވާ 50 މައިކްރޯންއަށްވުރެ ތުނި ޕްލާސްޓިކު ކޮތަޅުގެ ބޯމިން ދެނެގަތުމަށް ކަސްޓަމްސްގެ ފަރާތުން ޗެކް ކުރުމަށް ބޭނުން ކުރެވޭނެ އާލަތްތަކެކެވެ.

މި އެމްއޯޔޫގެ ދަށުން ހަވާލު ކުރެވޭ އާލަތްތައް ބޭނުންކޮށްގެން ރާއްޖެއަށް އެތެރެކުރެވޭ ޕްލާސްޓިކު ކޮތަޅުތަކުގެ ބޯމިން ޗެކް ކުރުމުގެ އިތުރުން ޕްލާސްޓިކު ކޮތަޅުގެ ބޯމިނުގެ އެކި ސައިޒުތަކުގެ ރިކޯޑް ކޮށް ބެލެހެއްޓުމަށް ވެސް ފަސޭހަ ވާނެއެވެ. އަދި, މި ޑޭޓާ ރިކޯޑު ކޮށް ބެލެހެއްޓުމުގެ ސަބަބުން ރާއްޖެއަށް އެތެރެވަމުންދާ ޕްލާސްޓިކު ކޮތަޅުގެ ސައިޒު ދެނެގަނެވޭނެއެވެ.

comment ކޮމެންޓް