މާލެ ސަރަހައްދުގެ 32 މިސްކިތެއްގައި ދަމު ނަމާދު ކުރާނެ

ހުޅުމާލޭގެ މިސްކިތެއްގައި ބަޔަކު ނަމާދު ކުރަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި ބަރަކާތްތެރި ރަމަޟާން މަހުގެ ފަހު ދިހައެއްގައި މާލެ ސަރަހައްދުގެ 32 މިސްކިތެއްގައި ދަމު ނަމާދު ކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީ އިން ކުރި ޓްވީޓެއްގައި ބުނީ މާލޭގެ 18 މިސްކިތެއްގައި އާއި ހުޅުމާލޭގެ 11 މިސްކިތެއްގެ އިތުރުން، ވިލިމާލޭގެ ތިން މިސްކިތެއްގައި ދަމު ނަމާދު ކުރަން ހަމަޖެހިފައިވާ ކަމަށެވެ.

އެގޮތުން، މާލޭގައި ދަމުނަމާދު ކުރަން ހަމަޖެހިފައިވަނީ:

  • އިސްލާމީ މަރުކަޒު
  • މަސްޖިދުލް މަލިކި ސަލްމާން
  • މަސްޖިދުއްސުލްތާން މުހައްމަދު ބިން އަބްދިﷲ
  • މަސްޖިދުއްސުލްތާން މުހައްމަދު ޝަމްސުއްދީން
  • މަސްޖިދުއްސުލްތާން މުހައްމަދު ފަރީދުލްއައްވަލް
  • މަސްޖިދުއްސުލްތާން ހަސަން އިއްޒުއްދީން
  • މަސްޖިދު ސަލާހުއްދީން
  • މަސްޖިދުލް ފުރްޤާން
  • މަސްޖިދު ޖަލާލުއްދީން
  • މަސްޖިދުއްނޫރު
  • އިބްރާހީމީ މިސްކިތް
  • މަސްޖިދުއްޝަހީދު އަލީ
  • މަސްޖިދު އިސްކަންދަރު
  • މަސްޖިދު ޝަހީދު އަބްދުއްރަޙްމާން (ފަނޑިޔާރު މިސްކިތް)
  • މަސްޖިދުއްސުލްތާން މުހައްމަދު އިމާދުއްދީން
  • މަސްޖިދުއް ޝައިހް މުހައްމަދު ޖަމީލު ދީދީ
  • މާފަންނު އާ މިސްކިތް
  • މަސްޖިދު އަލީ ހުސައިން

ވިލިމާލޭގައި ދަމުނަމާދު ކުރާ މިސްކިތްތައް:

  • މަސްޖިދުއްސަލާމް
  • މަސްޖިދުލްއިޚްލާޞް
  • މަސްޖިދުލް ބިއްރީ

ހުޅުމާލޭގައި ދަމުނަމާދު ކުރާ މިސްކިތްތައް:

  • މަޖިސްދު ޝައިހް ގާސިމް މުހައްމަދު ބިން އަލްޘާނީ
  • މަސްޖިދު އަޒީޒާ މޫސާ
  • މަސްޖިދު ޢުމަރު ބިން ޚައްތާބު
  • މަސްޖިދުލް ވާލިދައިނި
  • ހުޅުމާލޭ ވަގުތީ މިސްކިތް (ނޭބާހުޑް ތިނެއް)
  • މަސްޖިދު މުހައްމަދު
  • މަސްޖިދުލް އަސްތިޤާޢު
  • މަސްޖިދު ރަޝީދު
  • މަސްޖިދުލް އަމީލް ޖަލީލު (ފޭސް ދޭއް)
  • މަސްޖިދު އަބީބަކުރުނިސިއްދީޤް (ފޭސް ދޭއް)
  • މަސްޖިދު އުޘްމާން ބިން އައްފާން (ފޭސް ދޭއް)

— Ministry of Islamic Affairs (@MVIaffairs)

މީގެ އިތުރުން، މާލޭގެ ހަތް މިސްކިތަކާއި ހުޅުމާލޭގެ ހަ މިސްކިތެއްގެ އިތުރުން، ވިލިމާލޭގެ މިސްކިތެއްގައި އިއުތިކާފަށް ތިބުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ ޓްވީޓުގައި ބުންޏެވެ.

ކޮންމެ ބަރަކާތްތެރި ރަމަޟާން މަހެއްގައި ވެސް މުޅި ރާއްޖޭގެ އެތައް މިސްކިތެއްގައި ދަމު ނަމާދު ކުރުން ކުރިއަށް ގެންދެއެވެ. އަދި ވަކިން ޚާއްސަކޮށް ފަހު ދިހައިގައި ދަމު ނަމާދު ކުރިއަށް ގެންދިޔުން ގިނެވެއެވެ. އަދި މި ނަމާދުގައި ވަރަށް ގިނަ ފަރާތްތަކުން ބައިވެރި ވެސް ވެއެވެ.

comment ކޮމެންޓް