އީޓުކުރިއާއި ބަދިގެ ސްޓޯ ގުޅިގެން ރޯދައަށް ޚާއްސަ ގިވްއަވޭއެއް

އީޓުކުރިއާއި ބަދިގެ ސްޓޯ ގުޅިގެން މި ރޯދަ މަހަަށް ޚާއްސަ ގިވްއަވޭއެއް ކުރިއަށް ގެންދަނީ ---

ބަދިގެއަށް ޚާއްސަ އެކި ސާމާނު ހިމެނޭހެން ދޫކުރާ ހަދިޔާތަކާއެކު އޮންލައިން ވިޔަފާރި ޕްލެޓްފޯމް އީޓުކުރިއާއި ބަދިގެ ސްޓޯ ގުޅިގެން މި ރޯދަ މަހަަށް ޚާއްސަ ގިވްއަވޭ ފަށައިފިއެވެ.

މި ގިވްއަވޭގައި ބައިވެރިވެވޭނީ މި މަހުގެ 21ވަނަ ދުވަހުގެ ނިޔަލަށެވެ.

މި ކަމާ ގުޅިގެން "ސަން"އާ ވާހަކަދައްކަވަމުން އީޓުކުރީގެ ސީނިއާ މާކެޓިން އޮފިސަރު ފާތިމަތު ނަޒްފާ ވިދާޅުވީ މި ގިވްއަވޭގެ މައިގަނޑު ބޭނުމަކީ އާންމުނާ އީޓުކުރީގެ ޚިދުމަތްތަކާ ވީހާ ވެސް އަހުލުވެރިކުރުވުންކަމަށެވެ. އަދި އާންމުންނަށް ހަދިޔާއެއް ދީ، ފާއިދާކުރަނިވި ކަމެއް ކުރުން ކަމަށެވެ.

"އަޅުގަނޑަށް ދެންނެވޭނީ ތަރުހީބު ވަރަށް ރަނގަޅޭ. ދެން ބަދިގެ ސާމާނު ބޭނުންވާނެ ދެއްތޯ ހަމަ ކޮންމެ ބޭފުޅަކު ވެސް. ވަރަށް ރަނގަޅު މިހާތަނަށް،" ނަޒްފާ ވިދާޅުވިއެވެ.

އީ ޓުކުރިއިންވަނީ މި ގިވްއަވޭގައި ބައިވެރިވުމަށް ކުރަންޖެހޭ ކަންތައްތަކެއް ވެސް ހާމަކޮށްފައެވެ. އެގޮތުން ކުރަންޖެހޭ ކަންކަމަކީ:

  1. އިންސްޓަގްރާމުން އީޓުކުރި އެކައުންޓް etukuri.mv އަށާއި ބަދިގެ ސްޓޯގެ އިންސްޓަގްރާމް އެކައުންޓް badhigestore އަށް ފޮލޯކުރުން
  2. ގިވްއަވޭ ޕޯސްޓަށް އިންސްޓަގްރާމް ސްޓޯރީގައި ޝެއާކުރުމަށްފަހު އީޓުކުރި އިންސްޓަގްރާމް ޓެގްކުރުން. ގެންގުޅެނީ ޕްރައިވެޓް އެކައުންޓެއް ނަމަ ސްކްރީންޝޮޓެއް ފޮނުވަން ޖެހެއެވެ.
  3. ގިވްއަވޭ ޕޯސްޓަށް ތިން މީހަކު ޓެގްކޮށް ކޮމެންޓުކުރުން. އީޓުކުރިއިން ބުނީ ތިން މީހުން ޓެގުކޮށް ކުރާ ކޮންމެ ކޮމެންޓަކީ އިތުރު އެންޓްރީއެއް ކަމަށެވެ. އެއީ ގިވްއަވޭއިން މޮޅުވުމުގެ ފުރުސަތު އިތުރުވާނެ ކަމެއްކަމަށް ވެސް ބުންޏެވެ.

މި ޕްރޮމޯޝަނުގައި އީޓުކުރިއާއެކު ބައިވެރިވާ ބަދިގެ ސްޓޯރަކީ ބަދިގޭގައި ބޭނުންކުރާ ތަފާތު ވައްތަރުގެ ސާމާނު ވިއްކުމަށް ޚާއްސަ ފިހާރައެކެވެ.

އީޓުކުރި ލޯކަލްއިން ވެސް ބަދިގެ ސްޓޯގެ ޕްރޮޑަކްޓުތައް ގަނެވޭނެއެވެ.

comment ކޮމެންޓް