އެމްޑަބްލިއުއެސްސީން ތަފާތު ގޮތަކަށް ތަފާތު މެސެޖެއް

މާލެ ވޯޓާ އެންޑް ސެވެރެޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)ން މި އަހަރުގެ ރަމަޟާން މަހާ ދިމާކޮށް ތަފާތު ގޮތަކަށް ތަފާތު މެސެޖެއް އާންމުންނަށް ދޫކޮށްލައިފިއެވެ.

ޔޫޓިއުބާއި އެހެނިހެން ސޯޝަލް މީޑިއާ ޕްލެޓްޕޯމްތަކުގައި އާންމުކޮށްފައިވާ މި މަދަހައަކީ ބަލާ ބެލުމަށް ވަރަށް އާދައިގެ މަދަހައެކެވެ. ނަމަވެސް މި މަދަހައިގެ މަގްސަދު ވަރަށް ތަފާތެވެ. ފުންކޮށް ވިސްނާލުމުން މަދަހައިން ދޭ މެސެޖު ވެސް ވަރަށް ތަފާތެވެ.

އެމްޑަބްލިއުއެސްސީން ބުނީ، މިއީ ރަމަޟާން މަހު އަމަލުތައް ބަހައްޓަންވީ ގޮތް ކިޔައިދީ ކަންކަމާ ހޭލުންތެރި ކުރުމުގެ ނިޔަތުގައި ނެރުނު މަދަހައެއް ކަމަށެވެ.

އެގޮތުން "ހޭލާށޭ!"ގެ ނަމުން ނަންދީފައިވާ މި މަދަހައިގައި ބުނަނީ، ރަމަޟާން މަސް ފަދަ މާތް މަހެއްގައި، އަޅުކަމުގައި ގިނަ ވަގުތު ހޭދަކުރުމަށެވެ. ގުރުއާން ކިޔެވުމާއި ޞަދަގާތްކުރުން މި މަހުގައި އިތުރުކުރުމަށް މި މަދަހައިގައި ނަސޭހަތްތެރިވެއެވެ. އަދި ގޭތެރޭ ކަންކަމުގައި އެހީތެރިވުމަށް މި މަދަހައިގައި ގޮވާލައެވެ.

މީގެ އިތުރުން، ހިތްތިރިކަމާ އެކު ހިތްވަރު އިސްކުރުމަށާއި، ކެތްތެރިވުމަށް މި މަދަހައިގައި ގޮވާލައެވެ.

އެމްޑަބްލިއުއެސްސީން އަބަދު ވެސް ރަމަޟާން މަހަށް ހާއްސަކޮށް ކޮންމެވެސް ހާއްސަ ކަމެއް ކުރެއެވެ. މިގޮތުން، މި އަހަރު ދޫކޮށްލި މި މަދަހައަކީ ވެސް ވަރަށް ތަފާތު މެސެޖެއް ދޭ މަދަހައެކެވެ.

comment ކޮމެންޓް