އެތެރެކުރި މުދަލުގެ އަގު މަތިވި ނަމަވެސް ކަސްޓަމްސްގެ އާމްދަނީ ފެބްރުއަރީގައި ދަށަށް

ޖުލައި 8، 2021: ކަސްޓަމްސް ބިލްޑިންގް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ އަހަރު ފެބްރުއަރީ މަހު މޯލްޑިވްސް ކަސްޓަމްސް ސާވިސްއަށް ލިބުނު އާމްދަނީއާ އަޅާބަލާއިރު މި އަހަރު ފެބްރުއަރީ މަހު އެ ކުންފުންޏަށް ލިބުނު އާމްދަނީ އަށް ޕަސަންޓު ދަށްވެއްޖެއެވެ.

ކަސްޓަމްސް އިން ނެރުނު ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު ކަސްޓަމްސްއަށް އާމްދަނީގެ ގޮތުގައި 326 މިލިއަން ރުފިޔާ ލިބުނެވެ. ނަމަވެސް މިދިޔަ މަހު ލިބުނީ 301 މިލިއަން ރުފިޔާއަށް ވެއްޓިފައެވެ.

މިދިޔަ މަހު ރާއްޖެއަށް އެތެރެ ކޮށްފައި ވަނީ، 4.2 ބިލިއަން ރުފިޔާގެ މުދަލެވެ. މިއީ ކުރީ އަހަރުގެ ފެބްރުއަރީ މަހު އެތެރެކުރި 3.6 ބިލިއަން ރުފިޔާގެ މުދަލަށް ވުރެ 18 ޕަސަންޓު އިތުރުވުމެކެވެ.

ފެބްރުއަރީގައި އެންމެ ގިނަ މުދާ އެތެރެކޮށްފައިވަ ގައުމުތަކަކީ، އިންޑިއާ، އޮމާން، ސިންގަޕޯ، ޔޫއޭއީ އަދި ޗައިނާއެވެ. އެގޮތުން އިންޑިއާއިން 675 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައި ވާއިރު، އޮމާން އިން 642 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ. އަދި ޔޫއޭއީ އިން 480 މިލިއަން ރުފިޔާގެ މުދަލާއި ޗައިނާއިން 471 މިލިއަން ރުފިޔާގެ މުދާ މިދިޔަ މަހު އެތެރެކުރިއެވެ.

މިދިޔަ މަހު ރާއްޖެއިން އެކްސްޕޯޓު ކޮށްފައި ވަނީ، 231 މިލިއަން ރުފިޔާގެ މުދަލެވެ. މިއީ ކުރީ އަހަރުގެ ފެބްރުއަރީ މަހު ބޭރުކުރި 233 މިލިއަން ރުފިޔާއަށް ވުރެ 0.9 އިންސައްތަ ދަށް އަދަދެކެވެ.

comment ކޮމެންޓް