ސެލީނާ އާއި ޒޭން އެކީގައި؟

މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ ސެލީނާ ގޮމޭޒް އާއި ޒޭން މަލިކް ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމުގެ ވާހަކަތަކެއް ދެކެވެން ފަށައިފިއެވެ.

ސެލީނާ އާއި "ވަން ޑައިރެކްޝަން"ގެ ކުރީގެ މެންބަރު ޒޭން އާ ދެމެދު ގުޅުމެއް އޮތް ކަމަށް އެންމެ ފުރަތަމަ ވާހަކަ ދެކެވެން ފެށީ އިންސްޓަގްރާމުން ޒޭން، ސެލީނާ ފޮލޯ ކުރި ހިސާބުންނެވެ.

ބޭރުގެ ނޫސްތަކުން ބުނާ ގޮތުގައި މިދިޔަ ހަފުތާ ބަންދުގެ ތެރޭގައި ސެލީނާ އާއި ޒޭން ވަނީ އެކީގައި "ޑޭޓަކަށް" ގޮސް އުޅެނިކޮށް ނިއު ޔޯކްގެ ރެސްޓޯރެންޓަކުން ފެނިފައެވެ. ދެ މީހުން އެކީގައި ރެސްޓޯރެންޓަކުން ފެނިފައިވާ ކަމަށް ބުނެ ޓިކްޓޮކް ޔޫޒަރެއް ވަނީ އެ ކަން އާންމުކޮށްފައެވެ.

ކްލެރިސާ ގާސިއާ ނަމަކަށް ކިޔާ މި ޔޫސަރު ބުނެފައިވާ ގޮތުގައި ސެލީނާ އާއި ޒޭން ދިޔަ ރެސްޓޯރެންޓުގައި، އޭނާގެ އެކުވެރިއެއް މަސައްކަތް ކުރެއެވެ. އޭނާގެ ފަރާތުން އެ ވާހަކަ އެނގުނު ކަމަށް ކްލެރިސާ ބުނެއެވެ.

އެއާ އެކު މާ ގިނައިރުތަކެއް ނުވެ ދެ މީހުން އެއް ރެސްޓޯރެންޓަކުން ނިކުމެފައިވާ މަންޒަރުތަކެއް ވަނީ އެމެރިކާގެ ނޫސްތަކުން ހޯދައިފައެވެ.

ސެލީނާ އާއި ޒޭން އާ ގުޅޭގޮތުން ވާހަކަތަކެއް ދެކެވިފައި ވަނީ ފުރަތަމަ ފަހަރަކަށް ނޫނެވެ. ދެހާސް ދިހަވަނަ އަހަރުގައި، "ވަން ޑައިރެކްޝަން" އިން ސެލީނާއަށް އެންމެ ކަމުދާ މެންބަރެއްގެ ވާހަކަ އެހުމުން ޒޭން ކަމަށް ސެލީނާ ބުނެފައިވެއެވެ. ދެ މީހުންގެ "ޑޭޓު"ގެ ވާހަކައާ ގުޅިގެން ސެލީނާ މިހެން ބުނާ ވީޑިއޯ ވަނީ އަނެއްކާ ވެސް އާންމުވެފައެވެ.

ދެމީހުންގެ ޑޭޓަށް ފަހުގައި އެކަކު ވެސް އެ ވާހަކަ އަދި ކަށަވަރު ކޮށްދީފައެއް ނުވެއެވެ.

comment ކޮމެންޓް