ދީނީ މަޢުލޫމާތު ދިނުމަށް ސަހަރާތަކުގައި ސްކްރީން ހަރުކޮށްފި

ދީނީ އިރުޝާދު ދިނުމަށް ސަހަރާތަކުގައި ސްކްރީން ހަރުކުރުން --

ކަށުނަމާދާއި ގުޅޭ މަޢުލޫމާތާއި މައްޔިތާގެ މައްޗަށް ކުރެވިދާނެ ދުޢާތަކާއި ދީނީ އިރުޝާދު ފޯރުކޮށްދިނުމަށް ސަހަރާތަކުގައި ސްކްރީން ހަރުކޮށްފިއެވެ.

ނަސޭހަތް ޖަމިއްޔާ އާއި މާލޭ ސިޓީކައުންސިލް ގުޅިގެން ކުރި މި މަސައްކަތާ ގުޅޭ ގޮތުން މާލޭ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ސަހަރާ އާއި ސަހަރާ މިސްކިތާ އަދި މުޅި ސަހަރާ ކޮމްޕައުންޑް ތަރައްގީކުރުމަށް މާލެ ސިޓީ ކައުންސިލުން ގިނަ މަސައްކަތްތަކެއް ކުރުމަށް ރޭވި އޭގެ ތެރެއިން ބައެއް ކަންކަން މި ރޯދަ މަހަށް ނިންމާލެވިފައިވާ ކަމަށެވެ.

"އެކި ފަރާތްތަކުން ދެއްވާ އެހީތެރިކަމަށް ނުހަނު ޝުކުރު ދަންނަވަން،" މޭޔަރު ވިދާޅުވިއެވެ.

ދީނީ އިރުޝާދު ދިނުމަށް ސަހަރާތަކުގައި ސްކްރީން ހަރުކުރުން --

ރޯދަ މަހާ ދިމާކޮށް މާލޭ ސިޓީ ކައުންސިލުން ކުރި މަސައްކަތްތަކުގެ ތެރޭގައި މިސްކިތްތަކުގެ އާބާތުރަފިލުވުމާއި މާލޭގެ މަގުތަކުގެ ކުރެހުންތަކުގެ ކުލަ ބަދަލުކޮށް، ދަވާދު ފޮހެވިފައި ހުރި ސްޕީޑް ބްރޭކަރުތަކާއި ކަފިހި ހުރަސްތަކުގައި ދަވާދު އައު ކުރުމުގެ މަސައްކަތް ހިމެނެއެވެ.

އޭގެ އިތުރުން ޤުރުއާން މުބާރާތަކާއި މަދަޙަ މުބާރާތެއް ވެސް މި ރޯދަ މަހަށް ޚާއްސަކޮށްގެން މާލޭ ސިޓީ ކައުންސިލުން ވަނީ އިންތިޒާމްކޮށްފައެވެ.

comment ކޮމެންޓް