މިސްކިތަށް އަރާ ވަގުތު ވެހިކަލްތަކުގައި ސްޓިކާ ނުޖެހުމަށް މާލޭ މޭޔަރުގެ އިލްތިމާސެއް

މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު / ސަން ފޮޓޯ: ފަޔާޒު މޫސާަ

މި ރަމަޟާން މަހު ޖަމާޢަތަށް ނަމާދަށް އަރާ މީހުންގެ ވެހިކަލްތަކުގައި ސްޓިކާ ނުޖެހުމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ.

މޭޔަރު ވިދާޅުވީ ޚާއްސަކޮށް ރަމަޟާން މަހު ނަމާދު ވަގުތުގައި ޓެކްސީ އާއި ސައިކަލާއި އެހެނިހެން އުޅަނދު ތަކުގައި އުޅޭ މީހުން ޖަމާއަތަށް އަރާ ފައިބަންދެން ވެހިކަލް ޕާކްކޮށްލުމަކީ ސްޓިކާ ޖަހާ ޖޫރިމަނާ ކުރަން ޖެހޭ ކަމެއް ނޫން ކަމަށެވެ. އަދި އެގޮތަށް އެކަން ނުކުރެއްވުމަށް އިލްތިމާސް ކުރާ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

ފަސޭހައިން ޕާކް ކުރެވޭނެ ތަނެއް ނުފެނިގެން ގިނަ ބަޔަކު އެތައް ވަގުތެއް ވަންދެން މާލެ މަގުމަތީގައި ދުއްވަން ޖެހޭ މައްސަލަ އަކީ އާންމުން ނުހަނު ކަންބޮޑުވާ ކަމެކެވެ.

އެކަން އެގޮތަށް ދިމާވާ ފަހަރު ޕާކިން ޒޯން ފިޔަވައި އެހެން ތަންތަނުގައި ޕާކް ކުރާ ވެހިކަލްތަކުގައި ފުލުހުން ސްޓިކާ ޖަހައެވެ.

މީގެ އިތުރުން އެއްގަމު އުޅަނދު ޕާކު ކުރެވޭނެ ފުރިހަމަ އިންތިޒާމް ތަކެއް ނެތި ޕާކިން މައްސަލައިގައި ޖޫރިމަނާ ކޮށްފައިވާ ރައްޔިތުންގެ ޖޫރިމަނާ މިހާރުން މިހާރަށް މާފުކޮށްދެއްވުމަށް ވެސް ދާދިފަހުން މުއިއްޒު ވަނީ ސަރުކާރަށް ގޮވާލާފައެވެ.

comment ކޮމެންޓް