ރޯދަ ވީއްލަން ޕްރިމިއާ ލީގު މެޗުތަކުގެ ކުޅުން މެދު ކަނޑާލަނީ

ފެށޭ ރަމަޟާން މަހުގެ ރޯދަ ވީއްލުމަށް އިނގިރޭސި ޕްރިމިއާ ލީގު މެޗުތަކުގެ ކުޅުން މެދުކަނޑާލުމަށް އެ ލީގުގެ ރެފްރީންނަށް އަންގައިފިއެވެ.

ސްކައިސްޕޯޓްސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ރޯދަ މަހު ކުޅޭ ޕްރިމިއާ ލީގުގެ މެޗުތަކުގެ ތެރެއިން އިރުއޮއްސޭ ވަގުތާ ދިމާވާ މެޗުތަކުގައި ރޯދަ ވީއްލުމަށް ބްރޭކެއް ދިނުމަށް އެ ލީގުން ވަނީ ރެފްރީންނަށް އަންގައިފައެވެ.

މީގެއިތުރުން މެޗު ފެށުމުގެ ކުރިން އެއްވެސް ކުޅުންތެރިއަކު ރޯދައަށް ހުރިތޯ ބެލުމަށް ވެސް ރެފްރީންނަށް އަންގައިފައިވާކަމަށް އެ ނޫހުން ވަނީ ރިޕޯޓުކޮށްފައެވެ.

ޕްރިމިއާ ލީގަކީ މުސްލިމު ކުޅުންތެރިން ގިނަ ލީގެކެވެ. އެގޮތުން ލިވަޕޫލްގެ މުހައްމަދު ސަލާހުއާއި، ޗެލްސީގެ އެޑުއާޑް މެންޑީއާއި އެންގާލޯ ކާންޓޭގެ އިތުރުން މެންޗެސްޓާ ސިޓީގެ ރިޔާދު މަހުރޭޒްއަކީ ފާހަގަކޮށްލެވޭ މުސްލިމު ކުޅުންތެރިންނެވެ.

އެ ލީގުގެ ބައެއް ޓީމުތަކުން އެ ޓީމަށް ކުޅޭ ބައެއް ކުޅުންތެރިން ރޯދަ ވީއްލުމަށް މެޗު ހުއްޓާލައެވެ. އެގޮތުން އެހެން ކުޅުންތެރިން އަނިޔާވީކަމަށް ހަދައި ދަނޑުމައްޗަށް ވެއްޓި މެޗުގެ ކުޅުން މެދުކަނޑާލައެވެ.

comment ކޮމެންޓް