އެސްޓޯއޯއިން އަންހެނުންގެ ދުވަހު އަންހެނުންނަށް ޚާއްސަކޮށް ޓެކްނިކަލް ދާއިރާއިން އިއުލާނުކުރި ސްކޮލާޝިޕްތަކުގެ މައުލޫމާތު ދިނުމަށް ޚާއްސަ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.
އެގޮތުން މި ސްކޮލަޝިޕްގެ މައުލޫމާތުދީ، ސްކޮލަޝިޕަށް ސަޕޯޓު ހޯދުމަށް އެސްޓީއޯގެ މުވައްޒަފުން ވަނީ ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތުގައި މާލޭގެ އާޓިޕިޝަލް ބީޗް، ރަސްފަންނު، ޗާންދަނީ މަގު އަދި އުސްފަސްގަނޑަށް އެ ކުންފުނީގެ މުވައްޒަފުން ގޮސް ވަނީ އާއްމުންނަށް ސްކޮލާޝިޕާ ބެހޭ މައުލޫމާތު ދީފައެވެ.

އެސްޓޯއީ ސްކޮލަޝިޕްގެ މައުލޫމާތު ދިނުން -- ފޮޓޯ: އެސްޓީއޯ
މި ހަރަކާތް ހުޅުމާލޭ ފޭސް އެކެއްގެ ރުއްގަނޑު ސަރަހައްދުގައާއި ފޭސް ދޭއްގެ ހިޔާ ފްލެޓް ސަރަހައްދުގައި އަދި ވިލިމާލެ ފެރީ ޓާމިނަލް ސަރަހައްދުގައި ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.
މިންތީގެ ތަފާތުކުރުން ނައްތާލުމަށް އެސްޓީއޯއިން އިއުލާނުކުރި މި ސްކޮލާޝިޕަށް ފަންޑުކުރަނީ އެ ކުންފުނިންނެވެ. މި ސްކޮލާޝިޕް ފުރިހަމަކުރާ އަންހެނުންނަށް އެސްޓީއޯއިން 14،000 ރުފިޔާއާއި 18،000 ރުފިޔާގެ ވަޒީފާއެއް ދޭން ވަނީ ނިންމާފައެވެ.

އެސްޓޯއީ ސްކޮލަޝިޕްގެ މައުލޫމާތު ދިނުން -- ފޮޓޯ: އެސްޓީއޯ
މި ސްކޮލާޝިޕާ ގުޅޭގޮތުން އެސްޓީއޯއިން ބުނީ، މިފަދަ ސްކޮލާޝިޕެއް ތައާރަފްކޮށް އަންހެނުންގެ ބައިވެރިވުން މަދު ދާއިރާތަކަށް އަންހެނުން ނެރުމަށް އެ ކުންފުނިން އަބަދު ވެސް މަސައްކަތް ކުރާ ކަމަށެވެ.