ބޭރަށް ހިންގުމާއި އަރިދަފުސް ރޯގާ ހިމެނޭހެން، ފާއިތުވި މަހު ހަތަރު ބައްޔެއް އިތުރުވެއްޖެ

ފްލޫ ކުލިނިކެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ނިމުނު ފެބްރުއަރީ މަހުގެ ތެރޭގައި އޭގެ ކުރީ މަހަށް ވުރެ ހަތަރު ވައްތަރެއްގެ ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވެފައިވާ ކަަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، (އެޗްޕީއޭ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެޗްޕީއޭއިގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވީ އަރިދަފުސް ރޯގާ އާއި ބޭރަށް ހިންގުމުގެ އިތުރުން ލޮލު ރޯގާ އާއި ފާނަބަސަންދެވެ.

އެގޮތުން ޖެނުއަރީ މަހު 29،307 މީހުންނަށް އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓު ކޮށްފައިވާއިރު، ފާއިތުވި މަހު އެ ބަލި، 30،628 މީހުންނަށް ޖެހިގެން ރިޕޯޓު ކޮށްފައިވެއެވެ. އަދި ޖެނުއަރީ މަހު 3،502 މީހުންނަށް އެބަލި ޖެހިގެން ރިޕޯޓު ކޮށްފައިވާއިރު މިދިޔަ މަހު އެ ބަލިޖެހިގެން 4،357 މީހުން ރިޕޯޓުކޮށްފައިވެއެވެ.

ބައެއް ބަލިތައް ޖެހޭ މީހުންގެ އަދަދު އިތުރު ނަމަވެސް، ނުރައްކާތެރި ބައްޔެއް ކަމުގައިވާ ޑެންގީހުން ޖެހިގެން ރިޕޯޓު ކުރެވުނު އަދަދު ވަނީ ދަށަށް ގޮސްފައެވެ. އެގޮތުުން ޖެނުއަރީ މަހު 198 މީހަކަށް ޑެންގީ ހުން ޖެހިފައިވާއިރު ފެބްރުއަރީ މަހު އެ ބަލި ޖެހުނު މިހުންގެ އަދަދަކީ 145އެވެ.

comment ކޮމެންޓް