ހައްޖަށް މީހުން ގެންދަން 11 ކުންފުންޏަކުން ކުރިމަތިލައިފި

ރާއްޖޭގެ ޙައްޖާޖީން --

ހައްޖުގެ އަޅުކަން އަދާކުރުމަށް މި އަހަރު މީހުން ގެންދަން 11 ކުންފުންޏަކުން ބިޑް ހުށަހަޅައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ބިޑް ހުށަހެޅި 11 ކުންފުނީގެ ތެރެއިން ހުއްދަދެވޭނީ އެންމެ މަތިން ޕޮއިންޓް ލިބޭ ތިން ކުންފުންޏަކަށް ކަމަށެވެ.

ރާއްޖެއަށް ލިބޭ ރަސްމީ ކޯޓާ ދޫކުރެވޭނީ ޙައްޖު ކޯޕަރޭޝަންގެ އިތުރުން ތިން ކުންފުންޏަކަށެވެ. އެގޮތުން ހުއްދަދެވޭ ތިން ކުންފުނީގެ ތެރެއިން ކޮންމެ ކުންފުންޏަކަށް 90 ކޯޓާ ދޫކުރެވޭނެއެވެ.

ރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމަށް މިއަހަރު ލިބިފައިވަނީ 1000 ކޯޓާއެވެ. ނަމަވެސް ބައެއް އަހަރުތަކުގައި ސައުދީ ސަރުކާރުން ރާއްޖެއަށް 2000 ކޯޓާ ވެސް ދީފައިވެއެވެ.

ކޮވިޑާ ހެދި 2021 ވަނަ އަހަރު ރާއްޖެއިން މީހުން ހައްޖަށް ގެންދިޔުމުގެ ފުރުސަތެއް ނުދެއެވެ. އަލުން އެ ހުއްދަ ދިނީ 2022 ވަނަ އަހަރުއެވެ. އެ އަހަރު ރާއްޖެއަށް ލިބުނީ 453 ކޯޓާއެވެ.

comment ކޮމެންޓް