އަނެއްކާ ވެސް ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެ

އެމްއެންޑީއެފްގެ ކޯސްޓްގާޑް--ސަން ފައިލް ފޮޓޯ

އއ. އަތޮޅު ރިސޯޓެއްގައި މޫދަށް އެރި އުޅުނު ފަތުރުވެރިއަކު މަރުވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އއ. އަތޮޅު ރިސޯޓެއްގައި މޫދަށް އެރި އުޅުނު ފަތުރުވެރިއަކު ގެނބިގެން އެ އަތޮޅު ހޮސްޕިޓަލަށް މިއަދު 10:31 ހާއިރު ގެންގޮސްފައިވާ ކަމަށެވެ.

ގެނބިގެން ގެންދިޔަ މީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް އެ އަތޮޅު ހޮސްޕިޓަލާ ހަވާލާދީ ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

މި ހާދިސާގައި މަރުވެފައިވަނީ އިނގިރޭސިވިލާތަށް ނިސްބަތްވާ އުމުރުން 65 އަހަރުގެ ފިރިހެނެކެވެ.

މި މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

މިއަދު އަނެއްކާ ވެސް ފަތުރުވެރިއަކު ގެނބިގެން މަރުވެފައިވާއިރު އިއްޔެ ވެސް ވަނީ ހަމަ އއ. އަތޮޅުގައި ފަތުރުވެރިއަކު ގެނބިގެން މަރުވެފައެވެ. އިއްޔެ މަރުވެފައިވަނީ އއ. ރަސްދޫ މަޑިވަރު ޕޮއިންޓަށް ފޭބި އިނގިރޭސިވިލާތުގެ 46 އަހަރުގެ ފިރިހެނެކެވެ.

comment ކޮމެންޓް