ބުރިޖު މަތިން ސައިކަލަކާއި ޕޮލިސް ކާރެއް ޖެހި އެކްސިޑެންޓް ވެއްޖެ

މިއަދު ހެނދުނު ބުރިޖު މަތީގައި ހިނގި އެކްސިޑެންޓް-- ފޮޓޯ/ ހިރާސް

މާލެއާއި ހުޅުމާލެ ގުޅުވައިދޭ ސިނަމާލެ ބުރިޖުގެ ހައިވޭ ޓްރެފިކް ލައިޓް ކައިރިން، ޕޮލިސް ކާރަކާއި ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ މިއަދު ހެނދުނު 7:49 ހާއިރެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިއަދު ހެނދުނު ސައިކަލަކާއި ޕޮލިސް ކާރަކާ ޖެހި ހިނގި އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން މީހާއަށް އަނިޔާވެފައިވާ ކަމަށެވެ. އެ މީހާއަށް ހުޅުމާލޭ ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ.

"ބުރިޖު އެއާޕޯޓު ލައިޓު ކައިރީ ޕޮލިސް ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް މިއަދު 7:49 ހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވޭ," އޭނާ ވިދާޅުވިއެވެ.

މި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

comment ކޮމެންޓް