ގާތްގަޑަކަށް ތިން އަހަރުގެ މެދުކެނޑުމަކަށް ފަހު، އެމްޓީސީސީ އިން މި އަހަރުގެ "ރޯދަ ޕްރޮމޯ 2023" ލޯންޗުކޮށްފިއެވެ.
މި ޕްރޮމޯޝަނަކީ އެމްޓީސީސީގެ އެކި ޕްރޮޑަކްޓުތައް ބޮޑު ޑިސްކައުންޓްތަކެއްގައި އާންމުންނަށް ލިބޭނެ ޕްރޮމޯޝަނެކެވެ. އެގޮތުން މި ޕްރޮމޯޝަނުގައި ޖުމްލަ އަށް ބާވަތަކަށް އެކި ވަރުގެ ޑިސްކައުންޓްތައް ލިބޭނެއެވެ. އޭގެ ތެރޭގައި ހިމެނެނީ:
- ޔަންމާ އިންޖީން
- ސުޒުކީ އިންޖީން
- ސްކޮޓް ބޭޑާ ކޮމްޕޯސައިޓް އަދި ފައިބާ ގްލާސް މެޓީރިއަލްސް
- ކާސްޓްރޯލް ލުބްރުކަންޓްސް
- ސުޒުކީ އަދި ޔަންމާ ސްޕެއާ ޕާޓްސް
- މެރޯލް ސްޓީއަރިން ސިސްޓަމް
- ޓިއުބް، ޝެފްޓް އަދި ޕްރޮޕެލާ
- އެހެނިހެން އާލާތްތައް
އެމްޓީސީސީ އިން ބުނީ މި ޕްރޮމޯޝަނުގައި މައިގަނޑު ގޮތެއްގައި އަމާޒު ކުރާނީ ހަތަރު ދާއިރާއަކަށް ކަމަށެވެ. އެ ދާއިރާތަކަކީ:
- އިންޑަސްޓްރިއަލް ބޯޓް ބިލްޑިން އެންޑް އިންޖިނިއަރިން
- ފަތުރުވެރިކަން (ލިވާ ބޯޑްސް، ރިސޯޓް އަދި ލޯކަލް ޓޫރިޒަމް)
- ދަތުރުފަތުރު (ފެރީ އޮޕަރޭޓަރުން އަދި ލޮޖިސްޓިކަލް އޮޕަރޭޓަރުން)
- މަސްވެރިކަން (މަސްވެރިން)
މި ޕްރޮމޯޝަން ލޯންޗް ކޮށްދެއްވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް ޢާޒިމް ވިދާޅުވީ އެމްޓީސީސީގެ މި ޕްރޮމޯޝަނަކީ އެކި ޑިސްކައުންޓްތަކާ އެކު އާންމުންނަށް ފަސޭހަ ގޮތެއްގައި އެމްޓީސީސީއިން ތަކެތި ގަތުމުގެ މަގުސަދުގައި ފަށާ ޕްރޮމޯޝަނެއް ކަމަށެވެ.
އާޒިމްގެ ވާހަކަފުޅުގައި ވަނީ މި ހަފުތާ ބަންދުގައި ފަށާ މޯލްޑިވްސް މެރީން އެކްސްޕޯގައި ހުންނާނެ އެމްޓީސީސީގެ ސްޓޯލަށް ވެސް އަލިއަޅުއްވާފައެވެ. އެގޮތުން އާޒިމް ވިދާޅުވީ އެމްޓީސީސީއިން އެ އެކްސްޕޯގައި ރެކްރިއޭޝަން ފިޝިންއަށް ޚާއްސަ ލޯންޗެއް ވެސް ތައާރަފުކުރާނެ ކަމަށާއި ރާއްޖޭގެ އެންމެ ބޮޑު އިންޖީނު ވެސް ތައާރަފު ކުރާނެ ކަމަށެވެ.
އެމްޓީސީސީގެ "ރޯދަ ޕްރޮމޯ 2023" އާ ބެހޭ މައުލޫމާތު ފޯރުކޮށްދިނުމަށް ޓަކައި އެމްޓީސީސީގެ އެކި ޓީމްތައް ގްރޭޓާ މާލޭ އޭރިއާގައި ހަރަކާތްތެރިވަމުންދާނެއެވެ. އޭގެ ތެރޭގައި މާލެ ބަނދަރުމަތި، ހުޅުމާލެ ކަންނެލި ޖެޓީ، ވިލިމާލެ ބަނދަރުމަތި، ތިލަފުށީ ބަނދަރުމަތި، ތިލަފުށީ އިންޑަސްޓްރިއަލް ސައިޓުތައް އަދި ބޯޓް ޔާޑު ހިމެނެއެވެ.
އިއްޔެ ފެށި މި ޕްރޮމޯޝަން ކުރިއަށް ދާނީ އަންނަ މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ. އެމްޓީސީސީގެ ކަށަވަރު ޝޯރޫމަށް ގޮސް މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނޭއެވެ.