އުރީދޫއިން ހިއްސާއަކަށް 3.04 ރުފިޔާ ބަހަން ފާސްކޮށްފި

އުރީދޫގެ އަހަރީ ޢާންމު ޖަލްސާ 2023 --- ސަން ފޮޓޯ/ އަޙްމަދު ސަދޫފް މޫސާ

އުރީދޫ މޯލްޑިވްސްއަށް މިދިޔަ އަހަރު ލިބުނު ފައިދާއިން ހިއްސާއަކަށް 3.04 ރުފިޔާ ބަހަން އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ފާސްކޮށްފިއެވެ.

އުރީދޫއިން މި އަހަރު 3.04 ރުފިޔާ ބަހަން ނިންމިއިރު، މިއީ އޭގެ ކުރީގެ އަހަރު ބަހަން ނިންމި އަދަދަށް ވުރެ 34 ލާރި އިތުރު އަދަދެކެވެ. މިދިޔަ އަހަރު އެ ކުންފުނިން ބެހީ ހިއްސާއަކަށް 2.70 ރުފިޔާއެވެ.

ހިއްސާގެ ފައިދާގެ އިތުރުން އުރީދޫގެ އަހަރީ ޢާންމު ޖަލްސާގައި، އެ ކުންފުނީގެ އޮޑިޓް ކޮށްފައިވާ މާލީ ބަޔާންތައް ފާސްކޮށް، އެ ކުންފުނި އޮޑިޓްކުރަން ޕްރައިޒް ވޯޓަ ހައުސް ކޫޕާސް ވަނީ ހަމަޖައްސާފައެވެ.

އުރީދޫގެ އަހަރީ ޢާންމު ޖަލްސާ 2023 --- ސަން ފޮޓޯ/ އަޙްމަދު ސަދޫފް މޫސާ

.އުރީދޫގެ އޮޑިޓް ކުރި މާލީ ބަޔާންތަކުން އެނގޭ ގޮތުގައި އެކުންފުނީގެ މިދިޔަ އަހަރުގެ އާމްދަނީ ވަނީ އޭގެ ކުރީ އަހަރަށް ވުރެ ގާތްގަނޑަކަށް 200 މިލިއަން ރުފިޔާ އިތުރުވެފައެވެ. އެ ކުންފުންޏަށް މިދިޔަ އަހަރު ލިބުނީ 560 މިލިއަން ރުފިޔާގެ އާމްދަނީއެކެވެ.

ކްރޮސް ރޯޑްސްގައި ބޭއްވި މި ޖަލްސާގައި އުރީދޫގެ 125 ހިއްސާދާރަކު ބައިވެރިވިއެވެ. އެގޮތުން ހިއްސާއަކަށް 3.04 ރުފިޔާ ބަހަން ފާސްވީ އެ ޖަލްސާގައި ބައިވެރިވި 87 ޕަސެންޓު ހިއްސާދާރުންގެ ވޯޓުންނެވެ.

comment ކޮމެންޓް