އެމްއައިބީގެ އުޖާލާ ދިރިއުޅުން ސްކީމު ވަގުތުން އެޕްރޫވުކޮށްދޭ ހަރަކާތެއް ހޮނިހިރު ދުވަހު

މޯލްޑިވްސް އިސްލާމިކް ބޭންކުގެ ހެޑްއޮފީސް--- ސަން ފޮޓޯ

މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ)ގެ އުޖާލާ ދިރިއުޅުން ސްކީމަށް ހުރިހާ ލިޔެކިޔުންތައް ހަމަކޮށްގެން އަންނަ ކޮންމެ މީހަކަށް ހަ މަސް ދުވަހުގެ ކޯޓޭޝަނަށް މުދާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް ޚާއްސަ ހަރަކާތެއް ހޮނިހިރު ދުވަހު ފަށަން ނިންމައިފިއެވެ.

ރީޓެއިލް ފައިނޭންސިން ސްކީމެއްކަމަށްވާ އުޖާލާ ދިރިއުޅުން ސްކީމުން ކަސްޓަމަރުންނަށް ތަކެތި ގަނެވޭ އަދަދު ގިނަވެފައި، އިތުބާރު ހުރި ގިނަ ފިހާރަތަކަކުން މުދާ ގަނެވޭނެއެވެ.

މި ހަރަކާތާ ގުޅޭ ގޮތުން "ސަން"އާ ވާހަކަދައްކަވަމުން އިސްލާމިކް ބޭންކުގެ ޕަބްލިކް ރިލޭޝަންސް އޮފިސަރު އަހްސަން ޖަމީލް ވިދާޅުވީ ހޮނިހިރު ދުވަހު އޮންނަ ހަރަކާތުގެ ތެރެއިން ވަގުތުން ކަސްޓަމަރުންނަށް ކޯޓޭޝަން ދިނުމުގެ ޚިދުމަތް ލިބޭނެ ކަމަށެވެ.

އެއީ ރަމަޟާން މަހާ ދިމާކޮށް ކަސްޓަމަރުންނަށް ފަސޭހަކޮށްދިނުމަށް ހިންގާ ކަމެއް ކަމަށް ވެސް އަހްސަން ވިދާޅުވިއެވެ.

މި ހަރަކާތް އެމްއައިބީގެ ހުރިހާ ބްރާންޗެއްގައި ވެސް ހެނދުނު 10:00 އިން މެންދުރު 14:00އަށް ކުރިއަށްދާނެއެވެ.

އުޖާލާ ދިރިއުޅުން އެޕްލިކޭޝަން ވަގުތުން އެޕްރޫވްކޮށްދެވޭނީ އެކަމަށްބޭނުންވާ ލިޔެކިޔުން ހަމަޔަށް ހޯދައިގެންނެވެ. ކުރިއާލައި އެޕޮއިންޓްމަންޓް ހައްދަން ނުޖެހޭއިރު އުޖާލާ އެޕްލިކޭޝަން އެޕްރޫވްވާނީ ބޭންކުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހުގައެވެ.

އޮންލައިންކޮށް ފޯމުލުމުގެ ބަދަލުގައި އެ ދުވަހު ދާން ޖެހޭނީ ހުރިހާ ލިޔެކިޔުމެއް ހިފައިގެން ބްރާންޗް އޮފީހަށެވެ.

ބޭނުންވާ ތަކެތި

• އުޖާލާ އެޕްލިކޭޝަން ފޯމް

• އައިޑީ ކާޑުގެ ދެފުށުގެ ކޮޕީ (މުއްދަތު ހަމަނުވާ)

• ހުށަހަޅާ ފަރާތުގެ ވަޒީފާ ލިޔުން (ދޫކުރި ފަހުން އެއްމަސްނުވާ، ވަޒީފާ އަދާކުރާ ތަނުގެ ލެޓާ ހެޑުގައި، ތަތްގަނށު ޖަހާފައިވާ)

• ހުށަހަޅާ ފަރާތުގެ އެންމެ ފަހުގެ ހަ މަސްދުވަހުގެ މުސާރަ ސްލިޕް.

• ހުށަހަޅާ ފަރާތުގެ އެންމެ ފަހު ހަ މަސްދުވަހުގެ ބޭންކް ސްޓޭޓްމަންޓް

ގެރެންޓީ ދޭ ފަރާތް

• އައިޑީ ކާޑުގެ ދެފުށުގެ ކޮޕީ (މުއްދަތު ހަމަނުވާ)

• ހުށަހަޅާ ފަރާތުގެ ވަޒީފާ ލިޔުން (ދޫކުރި ފަހުން އެއްމަސްނުވާ، ވަޒީފާ އަދާކުރާ ތަނުގެ ލެޓަރ ހެޑުގައި، ތަތްގަނށު ޖަހާފައިވާ)

● ގެރެންޓާއަކީ ބޭންކުން ގަބޫލު ކުރާތަނެއްގައި ވަޒީފާ އަދާކުރާ ފަރާތެއްކަމުގައި ނުވާނަމަ އެންމެ ފަހުގެ 3 މަސްދުވަހުގެ ބޭންކް ސްޓޭޓްމަންޓް

comment ކޮމެންޓް