ސެނަފިޓްގެ ނަމުގައި އުރީދޫން އެމްއެންޑީއެފްގައި ޖިމެއް ގާއިމްކޮށްފި

ސެނަފިޓް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ އުރީދޫ

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ކަޅުތުއްކަލާ ކޮށީގައި އުރީދޫ މޯލްޑިވްސް ގެ އެހީއާއި އެކު ގާއިމްކުރި ސެނަފިޓް ސެންޓަރު، އިއްޔެ ރަސްމީކޮށް ހުޅުވައިފިއެވެ.

އެ ސެންޓަރުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ސެނަފިޓް ސެންޓަރު އިއްޔެ އިފްތިތާހުކޮށްދެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ އާއި އުރީދޫ މޯލްޑިވްސްގެ ޗެއާޕާސަން ފަތިމާ އަލް ކުވާރީއެވެ. މި ރަސްމިއްޔާތުގައި އެމްއެންޑީއެފް ގެ އިސްވެރިންނާއި އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު ޙާލިދް އަލް ހާމާދީ އާއި އުރީދޫގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.

ސެނަފިޓް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ އުރީދޫ

މި މަސައްކަތަކީ ޞިއްޙަތާއި ދުޅަހެޔޮކަމަށް އުރީދޫއިން ދޭ އަހައްމިއްޔަތުކަމުގެ ދަށުން، އެމްއެންޑީއެފް ގެ އެދުމުގެ މަތިން ކުރިއަށް ގެންދިޔަ މަސައްކަތެކެވެ.

މި ސެންޓަރު ގާއިމް ކޮށްފައިވަނީ ޒަމާނީ ފިޓްނަސް ވަސީލަތްތައް ހިމެނޭ ގޮތަށެވެ. ސެނަފިޓް ސެންޓަރު ގާއިމްކުރުމަށް އުރީދޫއިން ދިން އެއްބާރުލުމަކީ އެ ކުންފުނީގެ އިތްޖިމާއީ ޒިންމާގެ ދަށުން ދުޅަހެޔޮ ދިރިއުޅުން ބިނާ ކުރުމަށް ވެފައިފާ ވައުދާ އެއްގޮތްވާ ގޮތުގެ މަތިން ކޮށްފައިވާ މަސައްކަތެކެވެ.

comment ކޮމެންޓް